Ads by Farudhun

ޚަބަރު

ދެ ބުރުގެ ވޯޓުލުން ނިމުނުއިރު އެމްޑީޕީއަށްވުރެ ކޮންގްރެސް ޕާޓީއަށް 21 ގޮނޑި އިތުރު

ދެ ބުރުގެ ވޯޓުލުން ނިމުނުއިރު އެމްޑީޕީއަށްވުރެ ކޮންގްރެސް ޕާޓީއަށް 21 ގޮނޑި އިތުރު

އެޕްރީލް 3ވަނަ ދުވަހު ކޮންގްރެސް ޕާޓީން ބޭއްވި ރެލީ / ފޮޓޯ: ޕީއެންސީ

farudhun logo

ފަރުދުން

19 އޭޕްރީލު 2026، 09:35

19 އޭޕްރީލު 2026، 09:35

މި މަހުގެ 5ވަނަ ދުވަހު އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ)އިން އިދިކޮޅު އެމްޑީޕީއަށްވުރެ 21 ގޮނޑި އިތުރަށް ހޯދައިފިއެވެ. 

މި އިންތިހާބުގެ 5 ދާއިރާއެއްގައި ވޯޓުގެ ނަތީޖާ ހަމަހަމަވުމުން އެ ދާއިރާތަކުގެ ދެވަނަ ބުރުގެ ވޯޓުލުން ވަނީ ހޮނިހިރުދުވަހު ކުރިޔަށްގެންގޮސްފައެވެ. 

އިންތިޚާބުގެ ދާއިމި ނަތީޖާ ދައްކާގޮތުން ކޮންގްރެސް ޕާޓީއަށް ވަނީ 584 ގޮނޑި ލިބިފައެވެ. އަދި އިދިކޮޅު އެމްޑީޕީއަށް ލިބުނީ 563 ގޮނޑިއެވެ. އެގޮތުން، މި އިންތިޚާބުގައި އިންތިޚާބުވި 1،351 މެންބަރުންގެ ތެރެއިން 584 މެންބަރުންނަކީ ޕީއެންސީގެ ޓިކެޓުގައި ވާދަކޮށް، އިންތިޚާބުވި މެންބަރުންނެވެ. 



މި އިންތިޚާބުގައި ދެވަނައަށް އެންމެ ގިނަ ގޮނޑި އެމްޑީޕީއަށް ލިބުނުއިރު ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބުނީ އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓުންނަށެވެ. އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓުން ވަނީ 169 ގޮނޑި ހޯދާފައެވެ.

އިންތިޚާބުގައި ކޮންގްރެސް ޕާޓީން ކާމިޔާބުކުރި ގޮނޑިތައް:

  • ސިޓީ ކައުންސިލް މެންބަރުން: 5 ގޮނޑި
  • ރަށު ކައުންސިލް ރައީސް: 75 ގޮނޑި
  • ރަށު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި: 101 ގޮނޑި
  • ރަށު ކައުންސިލް މެންބަރު: 99 ގޮނޑި
  • ސިޓީ އ.ތ.މ.ކ ގެ މެންބަރު: 4 ގޮނޑި
  • ރަށު އ.ތ.މ.ކ ގެ ރައީސް: 84 ގޮނޑި
  • ރަށު އ.ތ.މ.ކ ގެ މެންބަރު: 216 ގޮނޑި

އިންތިޚާބުގައި އެމްޑީޕީން ކާމިޔާބުކުރި ގޮނޑިތައް:

  • މޭޔަރ: 5 ގޮނޑި
  • ސިޓީ ކައުންސިލް މެންބަރުން: 41 ގޮނޑި
  • ރަށު ކައުންސިލް ރައީސް: 73 ގޮނޑި
  • ރަށު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި: 88 ގޮނޑި
  • ރަށު ކައުންސިލް މެންބަރު: 82 ގޮނޑި
  • ސިޓީ އ.ތ.މ.ކ ގެ ރައީސް: 5 ގޮނޑި
  • ސިޓީ އ.ތ.މ.ކ ގެ މެންބަރު: 42 ގޮނޑި
  • ރަށު އ.ތ.މ.ކ ގެ ރައީސް: 60 ގޮނޑި
  • ރަށު އ.ތ.މ.ކ ގެ މެންބަރު: 167 ގޮނޑި

އަމިއްލަ ގޮތުން ވާދަކުރެއްވި ކެނޑިޑޭޓުން ކާމިޔާބުކުރި ގޮނޑިތައް:

  • ސިޓީ ކައުންސިލް މެންބަރުން: 1 ގޮނޑި
  • ރަށު ކައުންސިލް ރައީސް: 24 ގޮނޑި
  • ރަށު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި: 30 ގޮނޑި
  • ރަށު ކައުންސިލް މެންބަރު: 36 ގޮނޑި
  • ސިޓީ އ.ތ.މ.ކ ގެ މެންބަރު: 1 ގޮނޑި
  • ރަށު އ.ތ.މ.ކ ގެ ރައީސް: 26 ގޮނޑި
  • ރަށު އ.ތ.މ.ކ ގެ މެންބަރު: 51 ގޮނޑި

އެހެން ޕާޓީތަކުން ވާދަކުރި ކެނޑިޑޭޓުން ކާމިޔާބުކުރި ގޮނޑިތައް:

  • އެމްޑީއޭ: 23 ގޮނޑި
  • އަދާލަތު ޕާޓީ: 6 ގޮނޑި
  • ޖުމްހޫރީ ޕާޓީ: 4 ގޮނޑި
  • ދަ ޑިމޮކްރެޓްސް: 2 ގޮނޑި

މި އިންތިޚާބު ކާމިޔާބުކުރެއްވި ކެނޑިޑޭޓުން ހުވައިކުރުން އޮންނާނީ މެއި މަހުގެ 17ވަނަ ދުވަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450