Ads by Farudhun

ޚަބަރު

ކޮންގްރެސް ޕާޓީގެ އެސްޖީއަކަށް އަލްއުސްތާޛު މޫސާ ފަތުޙީ އައްޔަންކުރައްވައިފި

ކޮންގްރެސް ޕާޓީގެ އެސްޖީއަކަށް އަލްއުސްތާޛު މޫސާ ފަތުޙީ އައްޔަންކުރައްވައިފި

ކޮންގްރެސް ޕާޓީގެ އެސްޖީއަކަށް އައްޔަންކުރެއްވި އަލްއުސްތާޛު މޫސާ ފަތުޙީ

farudhun logo

ފަރުދުން

20 އޭޕްރީލު 2026، 08:57

20 އޭޕްރީލު 2026، 08:57

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު މޫސާ ފަތުޙީ އައްޔަންކުރައްވައިފިއެވެ.

އަލްއުސްތާޛު މޫސާ ފަތުޙީ އެ މަޤާމަށް އައްޔަންކުރެއްވިކަން ކޮންގްރެސް ޕާޓީއިން ހާމަކުރީ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ. އެގޮތުން އެ ބޭފުޅާ އެ މަޤާމަށް އައްޔަންކުރެއްވުމާ ގުޅިގެން ޕާޓީން ވަނީ އެކަމަށް މަރުޚަބާ ދައްނަވާފައެވެ.

މި މަޤާމު ހުސްވީ، މަޤާމުގައި ކުރިން ހުންނެވި މުއާޒް ޙަލީމް މި މަހުގެ 18ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.



މުއާޒް ވިދާޅުވެފައިވާ ގޮތުގައި އެ ބޭފުޅާ މަޤާމުން އިސްތިއުފާ ދެއްވީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކުރައްވައި، ފުރިހަމަ ނަތީޖާ ޙާޞިލް ކުރެވޭ ޕާޓީއަކަށް ޕާޓީ ހެއްދެވުމަށް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ ހަރުދަނާ މަސައްކަތްޕުޅުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.

ކޮންގްރެސް ޕާޓީގެ އެސްޖީއެއްގެ ގޮތުން އެ ޕާޓީއަށް މުއާޒް ކޮށްދެއްވި ޚިދުމަތް ފާހަގަކޮށް އެ ޕާޓީން ވަނީ އެކަމަށް ޝުކުރު އާދާކޮށްފައެވެ. އެގޮތުން އެ ޕާޓީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ މަޤާމުގައި ހުންނަވައިގެން ދެއްކެވި ލީޑަރޝިޕާއި ކޮށްދެއްވި އަގުހުރި މަސައްކަތްތަކަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރުއަދާކުރާ ކަމަށެވެ.

ކޮންގްރެސް ޕާޓީގެ ލީޑަރޝިޕްގައި 7 ނައިބު ރައީސުންނާއި 10 ލީޑަރޝިޕް މެންބަރުން ތިބެއެވެ. 74،000 އަށްވުރެ ގިނަ މެންބަރުންނާއިއެކު މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީވެސް ކޮންގްރެސް ޕާޓީއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450