Ads by Farudhun

ޚަބަރު

މަޝްރޫޢުތައް ހުއްޓިފައިވާނަމަ، މީގެ ކުރިން ނުހިނގާ ހުރި މަޝްރޫޢުތައް އަލުން ހިނގާކަށް ނުފަށާނެ – ރައީސް މުޢިއްޒު

މަޝްރޫޢުތައް ހުއްޓިފައިވާނަމަ، މީގެ ކުރިން ނުހިނގާ ހުރި މަޝްރޫޢުތައް އަލުން ހިނގާކަށް ނުފަށާނެ – ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 އޭޕްރީލު 2026، 01:16

20 އޭޕްރީލު 2026، 01:16

 ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިންތިޚާބުތަކަށްފަހު ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓޭކަމަށް އިދިކޮޅު ވާދަވެރިން ދައްކާ ވާހަކަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ފަރުދުން މީޑިއާގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މަޝްރޫޢުތައް ހުއްޓިފައިވާ ކަމަށް ބުނާ ވާހަކައަކީ އެއްވެސް ޙަޤީޤަތެއް އެކުލެވިގެންވާ ވާހަކައެއް ނޫން ކަމަށެވެ. އަދި މަޝްރޫޢުތައް ހުއްޓިފައިވާނަމަ، މީގެ ކުރިން ނުހިނގާ ހުރި މަޝްރޫޢުތައް އަލުން ހިނގާކަށް ނުފަށާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިކަމުގެ މިސާލެއްގެ ގޮތުން ތ. ގާދިއްފުށީގެ ބިން ހިއްކުމުގެ މަޝްރޫޢަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، އެ ރަށުން ސަރުކާރަށް ލިބުނު ނަތީޖާއަށް ބެލުމެއް ނެތި މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މިހާރު ބަލާ ގާދިއްފުށިން އަޅުގަނޑުމެންނަށް 4 ވޯޓުން ބަލިވީ. ބަލިވި ދުވަސް ނޫން އަނެއް ދުވަހު ބިން ހިއްކަން ފަށައިގެން ގޮސް އެވަނީ ނިމިފައި. އެހެންވީމާ އެ ދައްކާ ވާހަކައާ ދިމަލެއް ނުވޭ ނޫންތޯ، ރައީސް މުޢިއްޒު 

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، އިންތިޚާބެއް ނިމުމަކީ ތަރައްޤީގެ މަސައްކަތްތައް ހުއްޓާލަންޖެހޭ ސަބަބެއް ނޫން ކަމަށާއި، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކާ އެއްގޮތަށް މަޝްރޫޢުތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުން ކަމަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450