Ads by Farudhun

ޚަބަރު

ސަރުކާރުގެ ވަޒީފާތަކަށް މީހުން ނަގާނީ ތަޢުލީމާއި ތަޖުރިބާއަށް ބަލައިގެން: ރައީސް މުޢިއްޒު

ސަރުކާރުގެ ވަޒީފާތަކަށް މީހުން ނަގާނީ ތަޢުލީމާއި ތަޖުރިބާއަށް ބަލައިގެން: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 އޭޕްރީލު 2026، 02:36

20 އޭޕްރީލު 2026، 02:36

ސަރުކާރުގެ އެއްވެސް މަޤާމަކަށް ކުރިއަށް އޮތްތަނުގައި މުވައްޒަފުން ނަގާނީ އެމީހެއްގެ ތަޢުލީމާއި ތަޖުރިބާއަށް ބަލާފައި، "މެރިޓް ބޭސްޑް" އުސޫލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސިލްސިލާކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރު ހިންގުމަށް މިފަދަ ބަދަލުތަކެއް ގެންނަވަނީ ރައްޔިތުން ބޭނުންވާ ގޮތަށް، ވީހާވެސް ސައިޒުން ކުޑަ އަދި ޚަރަދު ކުޑަ ސަރުކާރެއް ހިންގެވުމަށް ކަމަށެވެ.

ދެން އެއްވެސް ފަރާތަކަށް ކެމްޕެއިނަކާ ނުވަތަ ސިޔާސީ ފަރާތަކާއި ގުޅިގެން ވަޒީފާ ދިނުން މިހާރު މި ޤައުމުގައި ނިމުމަކަށް އަންނަން ޖެހޭ ކަމެއް. މިއޮތީ ރައްޔިތުން ބުނެފައި. އެހެންވީމަ އަޅުގަނޑުވެސް ދާނީ އެގޮތަށް. ދެންމެ މި ދެންނެވި ގޮތަށް ކުރިމަތިލައިގެން އެމީހާގެ ސީވީއަށް ބަލައި މެރިޓުން، ދެން އެއްވެސް އެސްއޯއީއަކުންވެސް މިނިސްޓްރީއަކުންވެސް މުވައްޒަފުން ނަގައިގެން ނުވާނެ، ރައީސް 

ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުވާލައްވަމުން ރައީސް ފާހަގަކުރެއްވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސްއޯއީ) މުވައްޒަފުންގެ ތެރެއިން 33 އިންސައްތަ މަދުކުރުމަށް މާލީ ވުޒާރާއިން ޕީސީބީއަށް މިހާރު އަންގާފައިވާ ކަމަށެވެ. މި ބަދަލު ގެންނަނީ ކުންފުނިތަކުގެ ހިންގުމަށް ބުރުނާރާނެހެން މަސައްކަތްތައް ވަޒަންކުރުމަށްފަހު ކަމަށާއި، މީގެ ފަހުން އިއުލާނު ކުރުމަކާ ނުލައި އެއްވެސް ކުންފުންޏަކަށް މުވައްޒަފުން ނުނެގުމަށް އަންގާފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކުންފުނިތަކުގެ އިތުރުން ސިޔާސީ މަޤާމުތަކަށް މީހުން އައްޔަންކުރުމުގައިވެސް ވަކި މިންގަނޑުތަކެއް ގެންގުޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ސިޔާސީ މަޤާމަކަށް މީހަކު އައްޔަންކުރަން ޖެހިއްޖެ ހާލަތެއްގައިވެސް ތަޢުލީމީ ފެންވަރަށް ބައްލަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިސާލަކަށް އަޅުގަނޑުގެ ވިސްނުމުގައި ކުރިއަށް އޮތްތާނގައި ނެތް އެއްގޮތަކަށްވެސް މިސާލަކަށް ސްޓޭޓް މިނިސްޓްރަކަށް މީހަކު ކޮންމެހެން ލާންޖެހިއްޖެއިއްޔާ ލާންޖެހޭ ފަހަރެއްގައި އެމީހެއްގެ އަތުގައި މާސްޓާސް ޑިގްރީއެއް އޮތުން. ޑެޕިއުޓީ މިނިސްޓަރަކަށް ކޮންމެހެން ލާންޖެހޭ ހާލަތެއްގައި އެމީހެއްގެ އަތުގައި ޑިގްރީއެއް އޮތްތޯ ބެލުން، މިކަހަލަ ރަފް މިންގަނޑެއް ގެންގުޅެން ވިސްނަވާފައި މިއޮތީ،

ރައީސް 

ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް ރައީސް ޑރ. މުޢިއްޒު ގެންދަވަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން ކުރިން 20 ވަޒީރުން ތިއްބެވި ކެބިނެޓް 15 ވަޒީރުންނަށް ކުޑަކުރައްވާފައިވާއިރު، ސިޔާސީ މަޤާމުތަކުގައި ތިބި ފަރާތްތަކުގެ މަސައްކަތް ވަޒަންކޮށް، މަޤާމުތައް މަދުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450