Ads by Farudhun

ޚަބަރު

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމުގެ ނުރައްކަލެއް ރާއްޖެއަށް ނެތް: މެޓް އޮފީސް

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމުގެ ނުރައްކަލެއް ރާއްޖެއަށް ނެތް: މެޓް އޮފީސް

ޖަޕާނަަށްއައި ބިންހެލުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 އޭޕްރީލު 2026، 02:48

20 އޭޕްރީލު 2026، 02:48

ޖަޕާނަށް މިއަދު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ނެރެފައިވީ ނަމަވެސް، މި ބިންހެލުމުގެ ސީދާ އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރެއްވި ގޮތުގައި، ޖަޕާނުގެ ހޮންޝޫ ސަރަޙައްދަށް މިއަދު އައިސްފައިވަނީ 7.5 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެކެވެ. މި ބިންހެލުން އައިސްފައިވަނީ ރާއްޖޭގެ ގަޑިން މިއަދު މެންދުރު 12:52 ހާއިރުއެވެ.

މި ބިންހެލުން އައި ސަރަޙައްދަކީ ދިވެހިރާއްޖޭގެ މާލެއާ ގާތްގަނޑަކަށް 7,955 ކިލޯމީޓަރު ދުރުގައި އޮތް ސަރަޙައްދެއް ކަމަށް އެ އިދާރާއިން ފާހަގަކުރައްވައެވެ. ބިންހެލުން އައި ސަރަޙައްދުގެ ދުރުމިނަށާއި ބިންހެލުމުގެ ބާރުމިނަށް ބަލާއިރު، މީގެ ސީދާ އެއްވެސް ނުރައްކަލެއް ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމުގެ ޔަޤީންކަން މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ދެއްވާފައެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450