Ads by Farudhun

ޚަބަރު

ކުޑަހުވަދޫގައި ގާއިމްކުރި އެފްއެސްއެމްގެ ފިއުލް ސްޓޭޝަން ހުޅުވައިފި

ކުޑަހުވަދޫގައި ގާއިމްކުރި އެފްއެސްއެމްގެ ފިއުލް ސްޓޭޝަން ހުޅުވައިފި

ކުޑަހުވަދޫ އެފްއެސްއެމް ފިއުލް ސްޓޭޝަނުން ޚިދުމަތް ދިނުން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 އޭޕްރީލު 2026، 06:58

20 އޭޕްރީލު 2026، 06:58

ދ. ކުޑަހުވަދޫގައި ގާއިމްކުރި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ފިއުލް ސްޓޭޝަނުން ރަސްމީކޮށް ހިދުމަތް ދޭން ފަށައިފިއެވެ.

 މިއީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ސަރުކާރުން އެސްޓީއޯ އާއި އެފްއެސްއެމް ގުޅިގެން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ހުޅުވި ސްޓޭޝަނެކެވެ.

މި މަސައްކަތުގެ ދަށުން މިހާތަނަށް ރާއްޖޭގެ ފަސް ރަށެއްގައި ފިއުލް ސްޓޭޝަންގެ ހިދުމަތް ވަނީ ފަށައިފައެވެ. އެގޮތުން، ފ. ނިލަންދޫ އަދި ބ. އޭދަފުށީގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަންްގެ ހިދުމަތް މިހާރު ދެމުން އަންނައިރު، މިދިޔަ މާރިޗު މަހުގެ 28 ވަނަ ދުވަހު ށ. މިލަންދޫގައި ވެސް ވަނީ މި ހިދުމަތް ފަށައިފައެވެ.

މި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ފިއުލް ސްޓޭޝަނެއް ގާއިމްކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހު ރ. ދުވާފަރުގައެވެ. އޭގެ ފަހުން ހއ. އިހަވަންދޫ އާއި ހދ. ހަނިމާދޫގައި ވެސް ވަނީ އެފްއެސްއެމްގެ ފިއުލް ސްޓޭޝަންތައް ހުޅުވައި ހިދުމަތް ދޭން ފަށާފައެވެ.

2024 ވަނަ އަހަރުގެ ފަހުކޮޅު އިފްތިތާހު ކުރި މި ބޮޑު މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ޖުމްލަ 19 ރަށެއްގައި ފިއުލް ސްޓޭޝަން ހެދުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ތެޔޮ ލިބޭނެ މަގު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.

ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ މުހިންމު ހިދުމަތްތައް އަތްފޯރާފަށުގައި ފޯރުކޮށްދިނުމެވެ. މި އަމާޒު ހާސިލްކުރުމަށްޓަކައި ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް އެކި ދާއިރާތަކުން ތަރައްގީގެ ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450