Ads by Farudhun

ޚަބަރު

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭ ގޮތަށް ބީއެމްއެލް ޕޭމަންޓް ގޭޓްވޭ ހުޅުވާލައިފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭ ގޮތަށް ބީއެމްއެލް ޕޭމަންޓް ގޭޓްވޭ ހުޅުވާލައިފި

ބީއެމްއެލް ކާޑުގެ ޚިދުމަތް ބޭނުންކުރަނީ. ފޮޓޯ: ބީއެމްއެލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ނޮވެމްބަރު 2026، 04:19

02 ނޮވެމްބަރު 2026، 04:19

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ޑޮލަރުން ފައިސާ ބަލައިގަނެވޭ ގޮތަށް އެ ޚިދުމަތަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

 މި ފުރުޞަތު ހުޅުވާލުމާ ގުޅިގެން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ އެ ބޭންކަށް މަރުޙަބާ ދަންނަވާފައެވެ.

އިޤްތިޞާދީ ވުޒާރާއާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އަދި ބީއެމްއެލް ގުޅިގެން ތަޢާރަފުކުރި މި ޚިދުމަތުގެ މައިގަނޑު މަޤްޞަދަކީ، ބައިނަލްއަޤްވާމީ މާކެޓްތަކަށް މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ދިވެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރު ފައިސާ ސީދާ އެ ފަރާތްތަކަށް ލިބޭނެ ފަހި މަގެއް ޤާއިމުކޮށްދިނުމެވެ. މިއީ ބައިނަލްއަޤްވާމީ ބާޒާރުގައި ވިޔަފާރިކުރާ ފަރާތްތަކަށް ދުނިޔޭގެ ކޮންމެ ތަނަކުންވެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖެހި، ދިވެހި ވިޔަފާރިތަކުގެ ތަރައްޤީއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.

މި ޚިދުމަތުގެ ދަށުން ވިޔަފާރިތަކަށް ލިބޭ ޑޮލަރު ޖަމާކޮށްދޭ އެކައުންޓަށް ޔޫއެސް ޑޮލަރު ޑެބިޓް ކާޑެއް ދޫކުރެވޭނެއެވެ. އެ ކާޑު ބޭނުންކޮށްގެން، ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ބައިނަލްއަޤްވާމީ އެކި ސަބްސްކްރިޕްޝަންތަކަށާއި ބޭރުގެ އެހެނިހެން މުޢާމަލާތްތަކަށް ދަތިކަމެއް ނެތި ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މިއީ ދިވެހި އުފެއްދުންތެރިން ބައިނަލްއަޤްވާމީ ޑިޖިޓަލް އިޤްތިޞާދުގައި ފައިތިލަ ސާބިތުކުރުމަށް ލިބޭނެ ބޮޑު ބާރެއް ކަމަށް އިޤްތިޞާދީ ވުޒާރާއިން ބަޔާންކުރެއެވެ.

އިޤްތިޞާދީ ވުޒާރާއިން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އިޤްތިޞާދީ ތަޞައްވުރާ އެއްގޮތަށް ޒުވާނުންނާއި ފަންނުވެރިން އަދި ކުދި ވިޔަފާރިތައް ބާރުވެރިކޮށް، ދުނިޔޭގެ ބާޒާރުން ފުރުޞަތުތައް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި އެ ވުޒާރާ ދެމިއޮންނާނެ ކަމަށެވެ. އަދި މިފަދަ މުހިންމު ކަންކަމުގައި ބީއެމްއެލުން ދެއްވާ އަވަސް އިޖާބައާއި އެއްބާރުލުން ފާހަގަކޮށް، މާލީ ނިޒާމަށް އޮތް އިތުބާރު ބޮޑުކުރުމަށް އެ ބޭންކުން ކުރާ މަސައްކަތަށް އެ ވުޒާރާއިން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450