ދުނިޔެ

އީރާނާއި އެމެރިކާގެ ސުލްހައިގެ ވާހަކަތަކަށް އަދި ތާރީޚެއް ކަނޑައެއް ނާޅާ: އީރާނު

އީރާނާއި އެމެރިކާގެ ސުލްހައިގެ ވާހަކަތަކަށް އަދި ތާރީޚެއް ކަނޑައެއް ނާޅާ: އީރާނު

އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ސައީދު ޚާތިބްޒާދޭ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 އޭޕްރީލު 2026، 08:07

20 އޭޕްރީލު 2026، 08:07

ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރާ އީރާނާއި އެމެރިކާގެ ސުލްހައިގެ ވާހަކަތަކުގެ ދެވަނަ ބުރެއް ބާއްވާނެ ތާރީޚަކާމެދު އަދި އެއްބަސްވުމަކަށް ނާދެވޭ ކަމަށް އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ސައީދު ޚާތިބްޒާދޭ ވިދާޅުވެއްޖެއެވެ.

 މިކަން ހާމަކުރައްވާފައިވަނީ ހޮރްމޫޒް ކަނޑުއޮޅީގެ މަސްރަހު އަނެއްކާވެސް ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ.

ތުރުކީގެ އަންޓާލިއާގައި ކުރިއަށްދާ ޑިޕްލޮމެޓިކް ފޯރަމެއްގެ ތެރެއިން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޚާތިބްޒާދޭ ވިދާޅުވީ، ވާހަކަތައް ކުރިއަށް ގެންދާނެ އޮނިގަނޑަކަށް އެއްބަސްނުވެވެނީސް ތާރީޚެއް ކަނޑައެޅެން ނެތް ކަމަށެވެ. "އަޅުގަނޑުމެން ބޭނުމެއް ނޫން ނާކާމިޔާބުވާނެ ނުވަތަ މަސްރަހު އިތުރަށް ގޯސްވުމަށް ބަހަނާއަކަށް ވެދާނެ ފަދަ އެއްވެސް މަޝްވަރާއެއްގައި ބައިވެރިވާކަށް،" އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ޕާކިސްތާނުގެ އަސްކަރީ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރު ވަނީ ތިން ދުވަހުގެ ދަތުރުފުޅެއްގައި އީރާނުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. ހަމައެއާއެކު، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި މިސްރުގެ ފޮރިން މިނިސްޓަރު ބަދުރު އަބްދުލްއާތީ ވެސް ދަނީ މި ދެ ގައުމުގެ ދެމެދުގައި ސުލްހަ ގާއިމުކުރުމަށް ބާރުއަޅަމުންނެވެ. މިސްރުގެ ފޮރިން މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެމެރިކާގެ އިންޒާރުތަކަށް އީރާނުގެ ރައްދު
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރައްވާ ޕޯސްޓުތަކަށް އިޝާރާތް ކުރައްވައި ޚާތިބްޒާދޭ ވިދާޅުވީ، އެމެރިކާގެ ބަސްމަގު ހުރީ އޮޅުންބޮޅުން ބޮޑު އަދި ފުށުއަރާ ގޮތަކަށް ކަމަށެވެ. އަދި އީރާނުން އަބަދުވެސް ދިފާއީ ގޮތުން ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށާއި، އެމެރިކާގެ ފިއްތުންތަކަށް ބޯނުލަނބާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހޮރްމޫޒް ކަނޑުއޮޅީގެ މިނިވަން ދަތުރުފަތުރަށް އީރާނުން ހުރަސްއަޅާ ކަމަށް ބުނެ އެމެރިކާއިން ކުރާ ތުހުމަތުތައް ވެސް ޚާތިބްޒާދޭ ވަނީ ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ އީރާނުން މަސައްކަތް ކުރަނީ ކަނޑުއޮޅީގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ކަމަށާއި، އިޒްރޭލާއި ލުބުނާނުގެ ހަމަލާ ބަދަލުކުރުން ހުއްޓާލާފައިވާ މުއްދަތުގައި ވިޔަފާރި އުޅަނދުތަކަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިކޮށްދީފައިވާނެ ކަމަށެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450