ދުނިޔެ

އެމެރިކާގެ ޢަމަލުތަކާ ގުޅިގެން ހޮރުމޫޒް ކަނޑުއޮޅި އީރާނުން އަލުން ބަންދުކޮށްފި

އެމެރިކާގެ ޢަމަލުތަކާ ގުޅިގެން ހޮރުމޫޒް ކަނޑުއޮޅި އީރާނުން އަލުން ބަންދުކޮށްފި

ހޮރްމޫޒް ކަނޑުއޮޅިގެ ސެޓެލައިޓް ފޮޓޯއެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 އޭޕްރީލު 2026، 09:22

20 އޭޕްރީލު 2026، 09:22

އީރާނާ ގުޅުންހުރި އުޅަނދުފަހަރަށް އަމާޒުކޮށް އެމެރިކާއިން ހުއްޓާނުލާ ހަމަލާދޭނެކަމަށް ބުނުމާ ގުޅިގެން، ދުނިޔޭގެ އިޤުތިޞާދަށް މުހިންމު ހޮރުމޫޒް ކަނޑުއޮޅި އަލުން ބަންދުކުރުމަށް އީރާނުން ނިންމައިފިއެވެ.

އީރާނުގެ އަސްކަރިއްޔާއިން ހޮނިހިރު ދުވަހު ބުނެފައިވަނީ ހޯމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް މިހާރު އޮތީ ކުރިންވެސް އޮތް ހާލަތަށް ބަދަލުވެފައި ކަމަށާއި، އެ ސަރަހައްދު ބަލަހައްޓަމުންދާނީ އީރާނުގެ ހަތިޔާރު އެޅި ސިފައިންގެ ބެލުމުގެ ދަށުން ކަމަށެވެ.

އީރާނުގެ ޖޮއިންޓް މިލިޓަރީ ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ހުރަސްތައް ނައްތާނުލާހާ ހިނދަކު، އެ ކަނޑުއޮޅިން ދަތުރުކުރުން ހުއްޓުވަމުން ގެންދާނެ ކަމަށެވެ. މި ނިންމުން އިއުލާންކޮށްފައިވަނީ، އީރާނުން ކަނޑުއޮޅި ހުޅުވާލި ނަމަވެސް، އެމެރިކާގެ ޙިޞާރު "އޭގެ އެންމެ ފުރިހަމަ ބާރުމިނުގައި" ދެމިއޮންނާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ. ދުނިޔޭގެ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ހިއްސާކުރާ މި ކަނޑުއޮޅި ބަންދުކުރުމަކީ ތެލުގެ އަގު އުފުލި، ހަކަތައިގެ ބޮޑު ކްރައިސިސްއެއް ކުރިމަތިވެދާނެ ކަމެކެވެ.

ލުބުނާނުގެ މަސްރަހާއި ސުލްހައިގެ އެއްބަސްވުން
އީރާނާއި އިސްރާއިލާ ދެމެދު ހަތް ހަފުތާ ވަންދެން ކުރިއަށްދިޔަ ހަނގުރާމަ ހުއްޓާލުމަށް ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްފައިވާއިރު، ލުބުނާނުގައި ހިޒްބުالله އާއި އިސްރާއިލާ ދެމެދު ވަނީ 10 ދުވަހުގެ ސުލްހައެއް އިއުލާންކޮށްފައެވެ. ނަމަވެސް އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ، ހިޒްބުاللهގެ މިސައިލް އަދި ރޮކެޓް ރޫމްތަކުގެ 90 އިންސައްތަ މިހާރު ނައްތާލެވިފައިވާ ކަމަށާއި، ނަމަވެސް އެ ޖަމާއަތް ރޫޅާލުމުގެ މަސައްކަތް "އަދި މުޅިން ނުނިމޭ" ކަމަށެވެ.

ސުލްހައިގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު، ބޭރޫތުގައި ތިބި ރެފިއުޖީ އާއިލާތައް ދެކުނު ލުބުނާނަށް އެނބުރި ދާން ފަށާފައިވެއެވެ. ނަމަވެސް، ސުލްހަ ދެމިއޮންނާނެކަން ކަށަވަރު ނުވާތީ އޮފިޝަލުން ވަނީ އެނބުރި ނުދިއުމަށް އިންޒާރު ދީފައެވެ. ލުބުނާނުގެ އަސްކަރިއްޔާއާއި އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސުލްހަ ގާއިމުވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ދެކުނު ލުބުނާނުގެ ބައެއް ސަރަހައްދުތަކަށް ވަނީ ބަޑީގެ ހަމަލާތައް އަމާޒުވެފައެވެ.

މަރުވި މީހުންގެ އަދަދު އިތުރުވުން
މި ހަނގުރާމައިގެ ސަބަބުން މިހާތަނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ރިޕޯޓްތަކުން ދައްކާ ގޮތުގައި އީރާނުން މަދުވެގެން 3,000 މީހުން، ލުބުނާނުން 2,290 އަށްވުރެ ގިނަ މީހުން، އިސްރާއިލުން 23 މީހުން އަދި ގަލްފުގެ އަރަބި ގައުމުތަކުން 12 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން އެމެރިކާގެ އަސްކަރިއްޔާގެ 13 މީހަކުވެސް މި ކުރިމަތިލުންތަކުގައި ވަނީ މަރުވެފައެވެ.

އީރާނުގެ އޮފިޝަލުން ތުހުމަތުކުރާ ގޮތުގައި އެމެރިކާއިން ބްލޮކޭޑް ކުރިއަށް ގެންދިއުމަކީ މިދިޔަ ހަފުތާގައި ވެވުނު އެއްބަސްވުމާ ހިލާފު ކަމެކެވެ. ނަމަވެސް އިސްރާއިލުން ބުނަމުންދަނީ އެ އެއްބަސްވުމަކީ ލުބުނާނާ ގުޅުންހުރި ކަމެއް ނޫން ކަމަށެވެ. ރައީސް ޓްރަމްޕް ވަނީ އިސްރާއިލުން ލުބުނާނަށް އިތުރު ހަމަލާ ދިނުން މަނާކޮށްފައިވާ ކަމަށް ވިދާޅުވެ، "މިހާރު މިކަން މިވަނީ މާ ބޮޑުވެފައި" ކަމަށް ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450