Ads by Farudhun

ޚަބަރު

"ހިޕް" ބްރޭންޑުގެ ބާވަތްތައް ބޭނުންނުކުރުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

"ހިޕް" ބްރޭންޑުގެ ބާވަތްތައް ބޭނުންނުކުރުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

"ހިޕް" ބްރޭންޑުގެ އުފެއްދުންތަކެއް---

farudhun logo

ފަރުދުން

21 އޭޕްރީލު 2026، 08:40

21 އޭޕްރީލު 2026، 08:40

"ހިޕް" ބްރޭންޑުގެ ބާވަތްތައް ބޭނުންނުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

އެ އެޖެންސީގެ މި އިލްތިމާސަކީ އެ ބްރޭންޑުގެ އުފެއްދުމަކުން މީދާ މަރާ ވިހަ ނުވަތަ ރޮޑެންޓްސައިޑް ފެނުނު މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ އެޖެންސީންކުރި އިލްތިމާސެކެވެ.

ކުޑަކުދިންނަށް ޚާއްޞަކޮށް ކާނާ އުފައްދާ މި ކުންފުންޏަކީ ޖަރުމަނުގެ ކުންފުންޏެކެވެ. 

އަދި އެ ބްރޭންޑާ ގުޅޭ މި މައްސަލަ ފެންމަތިވެފައި ވަނީ އޮސްޓްރިއާގައެވެ. އޮސްޓްރިއާގެ ފުލުހުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ތަހުޤީގަށް ނެގި ސާމްޕަލްތައް ޓެސްޓުކުރިއިރު އޭގެއިން މީދާ ވިހަ ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ޖަރުމަނާއި، ޗެކް ރިޕަބްލިކް އަދި ސްލޮވާކިއާގެ ފުލުހުންވެސް އަންނަނީ މި ބާވަތުގެ ފުޅިތައް ތަހުގީގަށް ނަގައި ބަލަމުންނެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މި އުފެއްދުމަކީ ރާއްޖޭގައި ރަސްމީކޮށް ރަޖިސްޓްރީކޮށްފައިވާ އުފެއްދުމެއް ނޫން ކަމަށެވެ. 

އެހެންނަމަވެސް، އަމިއްލަ ބޭނުންތަކަށް ރާއްޖެ އެތެރެކޮށް ބޭނުންކުރުމުގެ ފުރުސަތު އޮތުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ބާވަތުގެ އެއްވެސް އުފެއްދުމެއް ރާއްޖެ އެތެރެ ނުކުރުމަށާއި، ނުވިއްކުމަށާއި އަދި ބޭނުން ނުކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. 

ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފުލުހުން ޝައްކު ކުރަނީ މިއީ އެ ކުންފުންޏަށް ބިރުދައްކައިގެން ފައިސާ ހޯދުމަށް ބަޔަކު ގަސްދުގައި ހިންގާފައިވާ އަމަލެއް ކަމަށެވެ. ހިޕް ކުންފުނިންވެސް ވަނީ މިއީ ކާނާ އުފެއްދުމުގެ މަރުހަލާގެ ތެރޭގައި ދިމާވި މައްސަލައެއް ނޫން ކަމަށާއި، މިއީ ބަޔަކު ގަސްދުގައި ކާނާ ތަޣައްޔަރު ކުރުމަށް ކޮށްފައިވާ ކަމެއް ކަމަށް ބުނެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450