Ads by Farudhun

ޚަބަރު

ފެމެލީ ކޯޓުގެ އިސް ގާޒީއަކަށް އަލްއުސްތާޛު ޢަބްދުﷲ ނަޝީދު ޢައްޔަންކުރައްވައިފި

ފެމެލީ ކޯޓުގެ އިސް ގާޒީއަކަށް އަލްއުސްތާޛު ޢަބްދުﷲ ނަޝީދު ޢައްޔަންކުރައްވައިފި

އަލްއުސްތާޛު ޢަބްދުﷲ ނަޝީދު--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

21 އޭޕްރީލު 2026، 12:09

21 އޭޕްރީލު 2026، 12:09

ފެމެލީ ކޯޓުގެ އިސް ގާޒީއަކަށް އަލްއުސްތާޛު ޢަބްދުﷲ ނަޝީދު ޢައްޔަނުކުރެއްވުމަށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމަވައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ވިދާޅުވީ، މި މަޤާމަށް ޢަބްދުﷲ ނަޝީދު ޢައްޔަނުކުރެއްވުމަށް ނިންމަވާފައިވަނީ  އިއްޔެ ބޭއްވި ޖޭއެސްސީގެ ޖަލްސާގައި ކަމަށެވެ.

އަލްއުސްތާޛު ޢަބްދުﷲ ނަޝީދަކީ، ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީން މާސްޓާ އޮފް ލޯ އަދި ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ޢަބްދުﷲ ނަޝީދު ވަނީ ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓުކަމާއި، ނ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސް މެޖިސްޓްރޭޓުކަމާއި، ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ އިތުރުން، ފެމެލީ ކޯޓުގެ ގާޒީކަމުގެ މަޤާމް ފުރުއްވާފައެވެ.

ޝަރުޢީ ދާއިރާގައި 21 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ޢަބްދުﷲ ނަޝީދު ފެމެލީ ކޯޓުގެ ގާޒީކަމަށް ޢައްޔަންކުރައްވާފައި ވަނީ 2016 މާރިޗު 24 ވަނަ ދުވަހެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450