Ads by Farudhun

ޚަބަރު

ވީނުވީއެއް ނޭނގި ގެއްލުނު ލިޓަންގެ މަރުގެ މައްސަލާގައި ނިޒާމް 41 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ވީނުވީއެއް ނޭނގި ގެއްލުނު ލިޓަންގެ މަރުގެ މައްސަލާގައި ނިޒާމް 41 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ވީނުވީއެއް ނޭނގި ގެއްލުނު ލިޓަން އަދި ނިޒާމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 އޭޕްރީލު 2026، 08:19

22 އޭޕްރީލު 2026، 08:19

ވީނުވީއެއް ނޭނގި ގެއްލުނު ބަންގްލަދޭޝަށް ނިސްބަތްވާ މުޙައްމަދު ލިޓަންގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި ގދ. ތިނަދޫ، މަނާރު، މުޙައްމަދު ނިޒާމުގެ މައްޗަށް ގަސްދުގައި މީހަކު މާރާލި ކަމުގެ ކުށް ސާބިތުވެ، އޭނާ 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ވިދާޅުވީ، ލިޓަންގެ މަރުގެ މައްސަލާގައި މުޙައްމަދު ނިޒާމުގެ މައްޗަށް ދައުލަތުން ތިން ދަޢުވާއެއް އުފުލާފައިވާ ކަމަށެވެ. އެ ތިން ދަޢުވާވެސް އޭނާގެ މައްޗަށް ވަނީ ސާބިތުވެފައެވެ. އެގޮތުން ގަސްތުގައި މީހަކު މެރުމުގެ ކުށުގައި 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ޑައިމޮފިންގެ މުޢާމަލާތް ކުރިކަމުގެ ކުށުގައި 15 އަހަރުގެ ޖަލު ހުކުމެއް އަދި ވައްކަން ކުރި ކަމުގެ ކުށުގައި 1 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. މި ހުރިހާ ހުކުމްތަކާއެކު އޭނާ ޖުމްލަ 41 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލައިގެ ފަސްފަހަތަށް ބަލާއިރު، ލިޓަންއާއި ނިޒާމް ތެޔޮ ބޯޓެއްގައި ކަނޑުމައްޗަށް ނިކުމެ އުޅެނިކޮށް ޚަބަރެއް ނުވެގެން އެމީހުން ހޯދަން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެމީހުން ދަތުރުކުރި ތެޔޮބޯޓު ފެނިފައިވަނީ ކ. ހުޅުލެ ނެރު ކައިރިންނެވެ.

މި ހާދިސާގައި ގެއްލުނު ކަމަށް ބުނި މުޙައްމަދު ނިޒާމް މާލޭގެ ތެރެއިން ފެނިގެން ފުލުހުން އޭނާ ހައްޔަރުކުރީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ. ނަމަވެސް، އޭނާއާއެކު ދަތުރުކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލިޓަންގެ އެއްވެސް ޚަބަރެއް މިހާތަނަށް ވެފައެއް ނުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450