ދުނިޔެ

ޓްރަމްޕް ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުކުރެއްވުމާއެކު، އީރާނުގެ ލީޑަރުންގެ މެދުގައި ބަހުސްތައް ފެށިއްޖެ

ޓްރަމްޕް ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުކުރެއްވުމާއެކު، އީރާނުގެ ލީޑަރުންގެ މެދުގައި ބަހުސްތައް ފެށިއްޖެ

އީރާން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 އޭޕްރީލު 2026، 01:42

23 އޭޕްރީލު 2026، 01:42

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު ވަކި މުއްދަތެއް ނެތް ގޮތަށް އިތުރުކުރެއްވުމާ ގުޅިގެން، އީރާނުގެ ސިޔާސީ އަދި އަސްކަރީ ލީޑަރުންގެ މެދުގައި ހަނގުރާމައާއި ސުލްހައާ މެދު ބަހުސްތައް ވަރުގަދަވެއްޖެއެވެ.

 އީރާނުގެ ދައުލަތުގެ މީޑިއާއާއި އަސްކަރީ އިސްވެރިން ބުނަމުންދަނީ އެމެރިކާއާއި އިސްރާއީލާއެކު އަލުން ހަނގުރާމައަކަށް ދާންޖެހިއްޖެ ހާލަތެއްގައި އެކަމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ.

ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކަށް މަންދޫބުން ހާޒިރުނުވުމުގެ ސަބަބުން، ދެ ހަފުތާގެ މުއްދަތަށް އިއުލާނުކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު ރައީސް ޓްރަމްޕް ވަނީ އިތުރުކުރައްވާފައެވެ. ނަމަވެސް އީރާނުގެ ވެރިރަށް ތެހެރާންގެ މަގުތަކުގައި އަންގާރަ ދުވަހުގެ ރެއާއި ބުދަ ދުވަހު ވަނީ އަސްކަރީ ބާރު ދައްކާލުމުގެ ގޮތުން ބޮޑެތި ހަރަކާތްތަކެއް ބާއްވާފައެވެ. މި ހަރަކާތްތަކުގައި އީރާނުގެ އެންމެ ދުރު ރާސްތާގެ މިސައިލް ކަމަށްވާ Khorramshahr-4 ބެލިސްޓިކް މިސައިލް ވެސް ވަނީ ދައްކާލާފައެވެ.

ތެހެރާންގެ އެކި ސަރަހައްދުތަކުގައި ބޭއްވި މި އެއްވުންތަކުގައި ބައިވެރިވި މީހުން ދިޔައީ "އެމެރިކާއަށް މަރު" ގޮވައި، އިސްރާއީލުގެ ތެލް އަވީވަށް ހަމަލާދިނުމަށް ގޮވާލަމުންނެވެ. އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ އެއަރޯސްޕޭސް ޗީފް މަޖީދު މޫސަވީއަށް މުހާތަބުކޮށް، އިސްރާއީލަށް އިތުރު މިސައިލް ހަމަލާތައް ދިނުމަށް އާންމުން ދިޔައީ ބާރުއަޅަމުންނެވެ.

ދައުލަތުގެ މީޑިއާއިން އާންމުކުރި ވީޑިއޯއެއްގައި، ދީނީ ލަވަކިޔުންތެރިއެއް ކަމަށްވާ ހުސައިން ތާހިރީ ވަނީ ހަނގުރާމައިގައި ޒަހަމްވެފައިވާ ސިފައިންގެ މީހަކާއެކު ހުރެ، އެމެރިކާއިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެފައެވެ. އޭނާ ބުނި ގޮތުގައި، ޒަހަމްވި ސިފައިންގެ މީހުންގެ ބަދަލު ހިފެންދެން އީރާނުގެ ރައްޔިތުން މަގުތަކުގައި ދެމިތިބޭނެއެވެ.

މީގެ އިތުރުން، އީރާނުގެ އަންހެނުން ވެސް ހަނގުރާމައަށް ތައްޔާރަށް ތިބިކަން ދެއްކުމުގެ ގޮތުން ފިޔާތޮށި ކުލައިގެ މިސައިލްތަކާއި ޑްރޯންތަކުގެ ފޮޓޯތައް ދައުލަތުގެ މީޑިއާއިން ވަނީ އާންމުކޮށްފައެވެ. ފާހަގަކޮށްލެވޭ ކަމަކީ، ގައުމީ އެއްބައިވަންތަކަން ދެއްކުމުގެ ގޮތުން، މި ހަރަކާތްތަކުގައި ބައިވެރިވި ބައެއް އަންހެނުންނަކީ އީރާނުގެ ހަރުކަށި ހިޖާބު ގަވާއިދުތަކަށް ފުރިހަމައަށް އަމަލުނުކުރާ މީހުން ކަމަށް ވީ ނަމަވެސް، ދައުލަތުން އެކަމަށް މިވަގުތު ހުރަސްއަޅާފައި ނުވާކަމެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450