ޚަބަރު
3 މިލިއަނުން މައްޗަށް އަގުކުރެވޭ މަސްތުވާތަކެތީގެ ޕެކޭޖެއް ބުދަ ދުވަހު ހިފަހައްޓައިފި
ކަސްޓަމްސްއިން ބުދަ ދުވަހު ހިފެހެއްޓި މަސްތުވާތަކެތީގެ އަގަށް 3.3 ބިލިއަން ރުފިޔާ އަރާ---
ފަރުދުން
24 އޭޕްރީލު 2026، 03:14
24 އޭޕްރީލު 2026، 03:14
ބާޒާރުގައި 3 މިލިއަން ރުފިޔާއަށް ވުރެ މަތިން އަގުކުރެވޭނެ މަސްތުވާތަކެތީގެ ޕެކޭޖެއް ވައިގެ މަގުން އެތެރެކުރަން އުޅެނިކޮށް ބުދަ ދުވަހު ހިފަހައްޓައިފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާރވިސަސްއިން މި ތަކެތި ހިފެހެއްޓީ ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުން އެތެރެކުރަން އުޅެނިކޮށެވެ.
މި މަހުގެ 22ވަނަ ދުވަހު ހިފެހެއްޓި މި ތަކެއްޗަކީ އެމްފެޓަމިން ކިޔާ މަސްތުވާތަކެތީގެ ބާވަތެއްކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ.
ކަސްޓަމްސްއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު 3.3 މިލިޔަނަށްވުރެ މަތިން އަގުކުރެވޭނެއެވެ.
ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 1 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.
— Maldives Customs Service (@CustomsMv) April 23, 2026
🔹22 އޭޕްރީލް 2026
🔹 1150 ގްރާމް އެމްފެޓަމިން
🔸މަގުމަތީ އަގު ޖުމްލަ 3.3 މިލިއަން ރުފިޔާއަށްވުރެ އިތުރު pic.twitter.com/3l7nc1oiVG
ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ކުރާ މަސައްކަތުން މި އަހަރުގެ މިހާތަނަށް އައިރު ރާއްޖެއަށް އެތެރެކުރަން އުޅުނު 86 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. އަދި މިއީ މިދިޔަ އަހަރުތަކުގެ މި މުއްދަތާ އަޅާބަލާއިރު ރެކޯޑް އަދަދެކެވެ.
ކަސްޓަމްސްގެ މަސައްކަތް ހަރުދަނާކޮށް ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ އަދަދު އިތުރުވެފައިވާއިރު، ބޭރުގައި ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތައް ހުއްޓުވުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި އަންނަނީ ކުރަމުންނެވެ.