Ads by Farudhun

ޚަބަރު

ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި ކުޑަކުދިންނަށް ޚާއްޞަ ހަވީރެއް ބާއްވައިފި

ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި ކުޑަކުދިންނަށް ޚާއްޞަ ހަވީރެއް ބާއްވައިފި

ދިވެހި ބަހުގެ ހަވީރުގެ ތެރެއިން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

24 އޭޕްރީލު 2026، 08:07

24 އޭޕްރީލު 2026، 08:07

ދިވެހި ބަހުގެ ދުވަހާ ގުޅިގެން، ދިވެހި ބަހުގެ އެކަޑަމީއިން ކުޑަކުދިންގެ ހަވީރެއް މިއަދު ބާއްވައިފިއެވެ.

"ދިވެހި ބަހުގެ ހަވީރު"ގެ ނަމުގައި ކުރިޔަށް ގެންދިޔަ މި ހަރަކާތުގެ މަޤުސަދަކީ، ކުޅިވަރުގެ ތެރެއިން ކުޑަކުދިންނަށް ބަހުގެ އެކިއެކި ހުނަރުތައް ދަސްކޮށްދީ ބަހާއި ސަޤާފަތަށް އަހުލުވެރިކުރުވުން ކަމަށް، ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ޙަސަން ޝާކިރު މުޙައްމަދު ވަނީ ވިދާޅުވެފައެވެ.

މި ހަވިރުގެ މަޤުސަދަކީ ކުދިން ކުޅިވަރުގެ ތެރެއިން ބަހުގެ އެކިއެކި ހުނަރުތައް ލިބިގަނެ، ބަހުގެ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވެ، ދިވެހި ބަސް ހެޔޮ ގޮތުގައި ބޭނުން ކުރަން ދަސްކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުން.

ދިވެހި ބަހުގެ ހަވިރާ ބެހޭ ގޮތުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ޙަސަން ޝާކިރު މުޙައްމަދު ވިދާޅުވިއެވެ.

މި ހަރަކާތް ބަރަފުވެރިކޮށްދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު، ހީނާ ވަލީދުއެވެ. އަދި ވަޒީރު ވަނީ މި ހަރަކާތުގެ ތެރެއިން ކުޑަކުދިންނަށް ޚާއްޞަ ބަސް ކާޑު ފޮތެއް ނެރެދެއްވާފައެވެ.

މި ހަރަކާތާ ގުޅިގެން އެ ކަމަނާ ވިދާޅުވީ، މިފަދަ ހަރަކާތްތަކުގެ ސަބަބުން، ތުއްތު ކުދިންގެ ހިތްތަކުގައި ދިވެހި ބަހަށާއި، ދިވެހި އަދަބިއްޔާތަށް އަދި ދިވެހި ސަޤާފަތަށް އޮންނަ ލޯބި އިތުރުވެގެންދާނެ ކަމަށެވެ.

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މިފަދަ ހަވީރުތަކުގެ ސަބަބުން ނުވަތަ މިފަދަ މަސައްކަތްތަކުގެ ސަބަބުން ތުއްތު ކުދިންގެ ހިތްތަކުގައި، ޚާއްޞަ ގޮތެއްގައި ދިވެހި ބަހަށާއި، ދިވެހި އަދަބިއްޔާތަށް އަދި ދިވެހި ސަޤާފަތަށް މިއޮންނަ ލޯބި ވަރަށް ބޮޑަށް އިތުރުވެގެންދާނެ.

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު، ހީނާ ވަލީދު ވިދާޅުވިއެވެ.

ދިވެހި ބަހުގެ އެކަޑެމީއިން، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަދި ބައެއް ސްކޫލްތަކާއި ހެޔޮއެދޭ ފަރާތްތަކާ ގުޅިހެން ހިންގި މި ހަރަކާތް އޮތީ ހުޅުމާލެ ފޭސް-1ގެ ރުއްގަނޑު 2 ސަރަޙައްދުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450