Ads by Farudhun

ޚަބަރު

ރައީސް އޮފީހުގެ 2024 ވަނަ އަހަރުގެ ޚަރަދުތައް ހުރީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް: އޮޑިޓް ރިޕޯޓް

ރައީސް އޮފީހުގެ 2024 ވަނަ އަހަރުގެ ޚަރަދުތައް ހުރީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް: އޮޑިޓް ރިޕޯޓް

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ފޮޓޯ: ޕީއޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 އޭޕްރީލު 2026، 04:23

25 އޭޕްރީލު 2026، 04:23

 ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 2024 ވަނަ އަހަރުގެ ޚަރަދުތައް ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ތެރެއިން ރަނގަޅަށް ކަމަށް އޮޑިޓަރ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، 31 ޑިސެމްބަރު 2024 ގެ ނިޔަލަށް ނިމުނު މާލީ އަހަރުގެ ފާސްކުރެވުނު ބަޖެޓާއި، އެ ބަޖެޓުން ހޭދަކުރެވުނު ބަޔާނުގައިވާ ފައިސާގެ ހިސާބުތަކަކީ މައިގަނޑު ގޮތެއްގައި ދައުލަތުގެ ޕަބްލިކް އެކައުންޓިންގ ސިސްޓަމްގައި ހުރި ރެކޯޑްތަކާ އެއްގޮތް އަދަދުތަކެއް ކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ރައީސް އޮފީހުގެ އެ އަހަރުގެ ޚަރަދުތައް މައިގަނޑު ގޮތެއްގައި ކޮށްފައިވަނީ ފާސްކުރި ބަޖެޓުގައި ކަނޑައަޅާފައިވާ ކަންތައްތަކަށެވެ. އަދި އެ ޚަރަދުތައް ކޮށްފައިވަނީ ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރަށް، ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަންވެސް އޮޑިޓުން ވަނީ ކަށަވަރުކޮށްދީފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފާސްކޮށްފައިވާ ފައިނަލް ބަޖެޓަކީ 241.2 މިލިއަން ރުފިޔާއެވެ. މީގެ ތެރެއިން އަހަރުގެ ތެރޭގައި ޚަރަދުވެފައިވަނީ 240.1 މިލިއަން ރުފިޔާއެވެ. އެހެންކަމުން، ބަޖެޓުން ޚަރަދު ކުރުމަށްފަހު އެ އަހަރު ނިމުނުއިރު 1.1 މިލިއަން ރުފިޔާ ބާކީވެފައިވާކަން ހިސާބުތަކުން ދައްކައެވެ.

މި ރިޕޯޓުން ހާމަވާ ގޮތުގައި، ދައުލަތުގެ އެންމެ މަތީ އިދާރާގެ މާލީ މުއާމަލާތްތައް ހިންގުމުގައި ގާނޫނީ އިމުގެ ތެރެއިން ޒިންމާދާރުކަމާއެކު އަމަލުކޮށްފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450