ކުޅިވަރު

ލީގުގައި 15 މެޗަށް ފަހު ސްޕާސް މޮޅެއް ހޯދައިފި

ލީގުގައި 15 މެޗަށް ފަހު ސްޕާސް މޮޅެއް ހޯދައިފި

ސްޕާސްގެ ޕަލީނިއާ ގޯލު ކާމިޔާބުކުރުމަށްފަހު އުފާފާޅުކުރަނީ / ފޮޓޯ: ގެޓީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

26 އޭޕްރީލު 2026، 08:16

26 އޭޕްރީލު 2026، 08:16

އިންގްލިޝް ޕްރިމިއަރ ލީގުގައި 15 މެޗަށް ފަހު ޓޮޓެންހަމް ހޮޓްސްޕާރއިން ފުރަތަމަ ފަހަަރަށް މޮޅެއް ހޯދައިފިއެވެ.

ދަށް ނަތީޖާތަކާއެކު، ރެލިގޭޝަނަށް ވެއްޓިފައިވާ ސްޕާސް އެންމެ ފަހުން މޮޅުވެފައި ވަނީ މިދިޔަ ޑިސެންބަރު މަހުއެވެ. އޭގެ ފަހުން 9 މެޗުން ބަލިވެ 6 މެޗުން އެއްވަރުވެފައިވާއިރު، އެ ޓީމަށް 34 މެޗުން ލިބިފައި ވަނީ 34 ޕޮއިންޓެވެ. އެހެންކަމުންކަމުން ލީގުގެ 18ވަނައިގައި މިހާރު ސްޕާސް އޮތްއިރު، 17ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑާ 2 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

1978ވަނަ އަހަރުން ފެށިގެން އިނގިރޭސި ފުރަތަމަ ޑިވިޝަނުގައި، އަދި އެ ޑިވިޝަނުގެ ނަން 1992ގައި ޕްރިމިއަރ ލީގަށް ރީބްރޭންޑް ކުރިފަހުން ސްޕާސް ރެލިގޭޓު ވެފައެއް ނުވެއެވެ. ނަމަވެސް މި ފަހަރު ރެލިގޭޝަނުން ސަލާމަތްވުމަށް އެ ޓީމަށް އަމިއްލަ ބާރެއް ނެތެވެ. ލީގުގައި ބާކީއޮތް 4 މެޗުން މޮޅުވިޔަސް، ރެލިގޭޝަނުން ސަލާމަތް ވެވޭނީ އެހެން ޓީމުތަކުން ނެރޭ ނަތީޖާތަކުންނެވެ.

ދިގު އިންތިޒާރަކަަށް ފަހު ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ސްޕާރސް މޮޅުވެފައި ވަނީ، މި ސީޒަންގައި ޕްރިމިއަރ ލީގުން ރެލިގޭޓުވާނެކަން ޔަޤީންވެފައިވާ ވޫލްވްސް އަތުންނެވެ. އެ މެޗުން ސްޕާސް މޮޅުވީ، މެޗުގެ ފުރިަހަމަ ވަގުތު ހަމަވާން 8 މިނެޓަށްވެފައި ވަނިކޮށް ޖާއޯ ޕަލީނިއާ ކާމިޔާބުކުރި ގޯލަކާއެކު 1-0އިންނެވެ. 

އިނގިރޭސި ޕްރިމިއަރ ލީގުގެ އެހެން މެޗުތަކަށް ބަލާލާއިރު، ހޮނިހިރު ދުވަހުގެރޭ ނިއުކާސްލް ބަލިކޮށް އާސެނަލް ވަނީ އަނބުރާ ލީގުގެ އެއްވަނައަށް އަރާފައެވެ. މި ނަތީޖާއާއެކު އާސެނަލްއަށް ވަނީ މެންޗެސްޓަރ ސިޓީއަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން 73 ޕޮއިންޓް ލިބިފައެވެ. އަދި މެންޗެސްޓަރ ސިޓީ ދެވަނައިގައި އޮތްއިރު އެ ޓީމަށް ލިބިފައިވަނި 70 ޕޮއިންޓެވެ.

މިދިޔަ އޮކްޓޯބަރ މަހަށްފަހު އާސެނަލް މި ސީޒަނުގައި ފުރަތަމަ ފަހަރަށް ތާވަލުގެ ދެވަނަ އަށް ވެއްޓުނީ ގޯލު ތަފާތުން މެންޗެސްޓަރ ސިޓީއަށް ތާވަލުގެ ކުރި ލިބުމާއި ގުޅިގެންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450