Ads by Farudhun

ޚަބަރު

ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވިއްސާރަކުރާނެ: މެޓް

ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވިއްސާރަކުރާނެ: މެޓް

މާލެއަށް ވިއްސާރަކުރުން/ފޮޓޯ: މަސްވެރިން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

26 އޭޕްރީލު 2026، 12:13

26 އޭޕްރީލު 2026، 12:13

ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކު ބައެއް ރަށްތަކަށް ވިއްސާރައާއެކު، ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ.

ކުރިއަށް އޮތް 3 ދުވަހަށް މޫސުން ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ވައި އެނބުރޭނީ މަޑުން ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރި ނަމަވެސް ބޯކޮށް ވާރޭ ނުވެހޭނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވާއިރު، މި މުއްދަތުގައި ރާއްޖޭގެ ކަނޑުތައް މަޑުވެ، ރާޅުގެ އެންމެ އުސްމިން ހުންނާނީ 3 ފޫޓުގައި ކަމަށްވެސް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ޢާންމުގޮތެއްގައި ހޫނުގަދަ ދުވަސްވަރެއް ނަމަވެސް، ފާއިތުވި ދުވަސްތަކުގައި އެކި ސަރަޙައްދުތަކަށް ވިއްސާރަކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450