ދުނިޔެ

އެމެރިކާއިން އަނެއްކާވެސް މެދުއިރުމައްޗަށް އަސްކަރީ ސާމާނު އުފުލަން ފަށައިފި

އެމެރިކާއިން އަނެއްކާވެސް މެދުއިރުމައްޗަށް އަސްކަރީ ސާމާނު އުފުލަން ފަށައިފި

އެމެރިކާގެ ޢަސްކަރީ ކާގޯ ބޯޓެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޭޕްރީލު 2026، 05:56

26 އޭޕްރީލު 2026، 05:56

އެމެރިކާއިން އަނެއްކާވެސް މެދުއިރުމައްޗަށް އަސްކަރީ ސާމާނު އުފުލަން ފަށައިފިއެވެ.

ފްލައިޓް ރާޑަރާއި 'އޭޑީއެސް-ބީ އެކްސްޗޭންޖް' ފަދަ ވައިގެ ދަތުރުފަތުރު ބަލާ ވަސީލަތްތަކުން ލިބުނު މައުލޫމާތަށް ބަލާއިރު، އެމެރިކާއިން މެދުއިރުމައްޗަށް އަސްކަރީ ސާމާނާއި މުދާ އުފުލުމުގެ ބޮޑު އޮޕަރޭޝަނެއް އަނެއްކާވެސް ވަނީ ފަށާފައެވެ.

މިދިޔަ އޭޕްރީލް މަހުގެ 23 އިން 25 އަށް، އެންމެ 48 ގަޑިއިރުގެ ތެރޭގައި ޖަރުމަނުވިލާތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކުން މެދުއިރުމައްޗަށް މަދުވެގެން 31 އަސްކަރީ ކާގޯ ދަތުރު ކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

މި ދަތުރުތަކުގައި މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައިވަނީ އެމެރިކާގެ ވައިގެ ސިފައިންގެ އެންމެ ބޮޑެތި މަތިންދާބޯޓުތަކެވެ. އޭގެ ތެރޭގައި 77.5 ޓަނުގެ މުދާ އުފުލޭ Boeing C-17A Globemaster III މަރުކާގެ 29 ބޯޓަކާއި، އެމެރިކާގެ އަސްކަރީ ފްލީޓުގައި އޮތް އެންމެ ބޮޑު މަތިންދާބޯޓު ކަމަށްވާ Lockheed C-5M Super Galaxy ގެ ދެ ބޯޓު ހިމެނެއެވެ. ސީ-5 މަރުކާގެ ބޯޓުތަކަކީ އެއްފަހަރާ 127.5 ޓަނުގެ މުދާ އުފުލުމުގެ ގާބިލުކަން ލިބިފައިވާ ބޯޓުތަކެކެވެ.

މި ބޯޓުތަކުން އުފުލަނީ ކޮން އެއްޗެއްކަން ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ ބޮޑެތި ބޯޓުތައް ދަތުރުކުރުމަކީ އަސްކަރީ ގޮތުން މުހިންމު މާނައެއް އެކުލެވޭ ކަމެއް ކަމަށް މާހިރުން ބުނެއެވެ. އާންމުގޮތެއްގައި މިފަދަ ބޯޓުތައް ބޭނުންކުރަނީ ހަނގުރާމަވެރި އުޅަނދުތަކާއި، ހަތިޔާރާއި، ގޮވާތަކެތީގެ އިތުރުން ލޮޖިސްޓިކް ސަޕޯޓް ފޯރުކޮށްދިނުމަށެވެ.

މި އޮޕަރޭޝަނަކީ މިދިޔަ އޭޕްރީލް މަހުގެ މެދުތެރެއިން ފެށިގެން މެދުނުކެނޑި ކުރިއަށްދާ ހަރަކާތްތަކުގެ ބައެކެވެ. ރިޕޯޓްތައް ބުނާގޮތުން އޭޕްރީލް 12 އިން 18 އަށް ވެސް ޖަރުމަނުން މެދުއިރުމައްޗަށް 124 އަސްކަރީ ދަތުރު ކޮށްފައިވެއެވެ. މިއީ ސަރަހައްދީ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި އެމެރިކާއިން އެ ސަރަހައްދުގައި އޮތް އަސްކަރީ ބާރު ވަރުގަދަކުރަމުންދާ ކަމުގެ ހެއްކެކެވެ.

މީގެ އިތުރުން، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (CENTCOM) އިން ވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ މަސައްކަތް ވަރުގަދަކޮށްފައިވާކަން ހާމަކޮށްފައެވެ. އެގޮތުން އީރާނުގެ ބަނދަރުތަކަށް ވަންނަ އަދި ނުކުންނަ 37 އުޅަނދެއްގެ މިސްރާބު މިހާތަނަށް ބަދަލުކޮށްލާފައިވާ ކަމަށާއި، އީރާނުގެ 'ޝެޑޯ ފްލީޓް' އަށް ނިސްބަތްވާ އުޅަނދެއް ބަހުރުލް އަރަބް ސަރަހައްދުން ހިފަހައްޓާފައިވާ ކަމަށްވެސް އެމެރިކާއިން ބުނެއެވެ.

މި ހަމަނުޖެހުންތަކުގެ ތެރޭގައި، ސަރަހައްދީ ގައުމުތަކުގެ މެދުގައި ސިޔާސީ މަޝްވަރާތައް ވެސް ދަނީ ކުރިއަށެވެ. އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އޮމާނަށް ކުރެއްވި ޒިޔާރަތަށްފަހު އަނެއްކާވެސް ޕާކިސްތާނަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އީރާނުގެ ވަފުދުގެ ބައެއް މެންބަރުން ތެހެރާނަށް އެނބުރި ގޮސް އިތުރު މަޝްވަރާތައް ކުރުމަށްފަހު، އާދީއްތަ ދުވަހުގެ ރޭ އިސްލާމްއާބާދުގައި ވަޒީރާ އަލުން ގުޅޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450