Ads by Farudhun

ޚަބަރު

ގަސްތަކެއް ނަގަން ޖެހޭތީ ވިލިމާލޭގައި އިމާރާތްކުރާ އެއް ޓަވަރު އެހެން ތަނަކަށް ބަދަލުކުރަން ނިންމައިފި

ގަސްތަކެއް ނަގަން ޖެހޭތީ ވިލިމާލޭގައި އިމާރާތްކުރާ އެއް ޓަވަރު އެހެން ތަނަކަށް ބަދަލުކުރަން ނިންމައިފި

ވިލިމާލޭގެ މަލަމަތި ފެންނަ ފޮޓޯއެއް / ފޮޓޯ: ސޭވް މޯލްޑިވްސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

26 އޭޕްރީލު 2026، 08:09

26 އޭޕްރީލު 2026، 08:09

ވިލިމާލޭގައި 300 ހައުސިން ޔުނިޓު އިމާރާތްކުރުމަށް ކުރިޔަށްގެންދާ މަޝްރޫޢުގެ ތެރެއިން، ގަސްތަކެއް ނަގަން ޖެހޭތީ އާއި ބޮޑެތި ގަސްތަކެއްގެ އޮފިތަކެއް ކަނޑަން ޖެހޭތީ، އެ އަވަށުގައި އިމާރާތް ކުރާ ތިން ޓަވަރުގެ ތެރެއިން އެއް ޓަވަރު އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަމާ ގުޅިގެން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މާލޭ ސަރަޙައްދުގައި ބިމުގެ ދަތިކަން އިންތިހާއަށް އޮތްކަމަށެވެ. އަދި މި ދަތިކަން ވިލިމާލޭގައި ވެސް އޮތްކަމަށާއި، ނަމަވެސް ސަރުކާރުގެ ވިސްނުމަކީ އެ އަވަށުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން ބޮޑެތި ފުނަގަސްތަކާއި ގަސްތަކުގެ އޮފިތައް ނުކެނޑުން ކަމަށާއި، އެހެންކަމުން ވިލިމާލޭގައި ކުރިޔަށްގެންދާ ހައުސިން މަޝްރޫޢުގެ ތެރެއިން އެއް ޓަވަރު އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށް ނިންމަވާފައިވާ ކަމަށެވެ.

ނަމަވެސް 3 ޓަވަރުގެ ތެރެއިން 1 ޓަވަރު އަޅަން ކަނޑައެޅި ތަނުގައި ހުރި ގަސްތައް ނަގަންޖެހޭތީއާއި، ބައެއް ބޮޑެތި ގަސްތަކުގެ ގޮފިތައް ކަނޑަން ޖެހޭތީ އެޓަވަރު އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށް މިހާރުވަނީ ނިންމާފައެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވެއެވެ.

މި މަޢުޟޫގައި ވަޒީރު އިތުރަށް ވިދާޅުވީ، މާލެ ސަރަޙައްދުގައި އެކަށީގެންވާ މިންވަރަށް ޕާކުތަކާއި ހުސްޖާގަ ނެތްކަމަށާއި، އަނެއްކޮޅުން އެތައް ހާސް އާއިލާއަކުން ދިރިއުޅެމުންދަނީ ހަމަޖެހިލައިގެން ދިރިއުޅެވޭ ވަރަށް ވުރެ ދަތި ތަންތަނުގައި ކަމަށެވެ. އެހެންކަމުން ބޯހިޔާވަހިކަމަށް ހުސްޖާގަތައް ބޭނުން ކުރަން ޖެހުމަކީ ކަންބޮޑުވުމެއް ނަމަވެސް ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.

ވިލިމާލޭގައި ކުރިޔަށްދަނީ  ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެފޯޑަބަލް ހައުސިން މަޝްރޫޢުގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 300 ހައުސިން ޔުނިޓެގެ މަސައްކަތެވެ.  އަދި މި މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވަނީ 17 ފަންގިފިލާގެ 3 ޓަވަރެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450