Ads by Farudhun

ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ކަރާމާތަށް ހުތުރުވާގޮތަށް ހެދި ޑޮކިއުމެންޓްރީއާ ގުޅިގެން "އަދަދު" ނޫހުގެ އިދާރާއަށް ފުލުހުން ވަދެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކަރާމާތަށް ހުތުރުވާގޮތަށް ހެދި ޑޮކިއުމެންޓްރީއާ ގުޅިގެން "އަދަދު" ނޫހުގެ އިދާރާއަށް ފުލުހުން ވަދެއްޖެ

"އަދަދު" ނޫހުގެ އިދާރާގައި ފުލުހުން ހަރަކާތްތެރި ވަނީ---

farudhun logo

ފަރުދުން

27 އޭޕްރީލު 2026، 09:37

27 އޭޕްރީލު 2026، 09:37

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ކަރާމާތަށް ހުތުރުވާގޮތަށް "އަދަދު" ނޫހުން ހެދި ޑޮކިއުމެންޓްރީއާ ގުޅިގެން އެ ނޫހުގެ އިދާރާއަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަދެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ރެއިޑަކީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ކުރިޔަށްގެންދާ އޮޕަރޭޝަނެކެވެ.

"އަދަދު" ނޫހުން ރައީސުލްޖުމްހޫރިއްޔާގެ ކަރާމާތަށް ހުތުރުވާގޮތަށް ހެދި މި ޑޮކިއުމެންޓްރީ އާންމުކޮށްފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ. ބެލެވޭ ގޮތުގައި މިއީ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް، ސިޔާސީ މަންފާއެއް ހޯދުމަށް އެ ނޫހުން ހަދާފައިވާ ޑޮކިއުމެންޓްރީއެކެވެ.

މިކަމަށް ހެކިދޭ ކަމަކީ، މިދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށް ވެސް ފިތުނަ އާއި ނަފުރަތު އުފެދޭ ގޮތަށް އެ ނޫހުން ޑޮކިއުމެންޓްރީއެއް ހަދާފައި ވުމެވެ.

ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ބައްދަލުކުރެއްވުމުގައި، "އަދަދު" ނޫހުގެ ނޫސްވެރިއަކު ވަނީ އެ ނޫހުން މިދިޔަ މަހު ހެދި ޑޮކިއުމެންޓްރީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއާ ސުވާލުކޮށްފައެވެ. ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ޑޮކިއުމެންޓްރީގައި ދެކެވެނީ ކަނޑައެޅި ދޮގު ވާހަކަތަކެއް ކަމަށެވެ.

އަދި އެ މަނިކުފާނު ވަނީ، އެ ޑޮކިއުމެންޓްރީގައި ދޮގު ވާހަކަތަކެއް ފަތުރާފައި ވާތީ އެކަމާ ގުޅިގެން ދައުވާ ކުރުމަށް ކަމާގުޅުންހުރި އިދާރާތަކަށް ގޮވާލާފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450