Ads by Farudhun

ޚަބަރު

އަންހެނުންނަކީ ކެތްތެރި ބައެއްކަމުން، ޕޮލިސިންގައި އަންހެނުންގެ ދައުރު އޮތުމަކީ ކުރިއެރުމެއް: ފަސްޓް ލޭޑީ

އަންހެނުންނަކީ ކެތްތެރި ބައެއްކަމުން، ޕޮލިސިންގައި އަންހެނުންގެ ދައުރު އޮތުމަކީ ކުރިއެރުމެއް: ފަސްޓް ލޭޑީ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު / ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

27 އޭޕްރީލު 2026، 10:24

27 އޭޕްރީލު 2026، 10:24

އަންހެން ކަނބަލުންނަކީ ގުދުރަތީ ގޮތުން ވެސް ކެތްތެރި ބައެއް ކަމުން، ރާއްޖޭގެ އަމާން ބެލެހެއްޓުމުގައި އަންހެން ފުލުހުން ހަރަކާތްތެރިވުމަކީ، ފުލުހުންނަށް ލިބުނު ކުރިއެރުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. 

އެ ކަމަނާ މިދަފައިން ވިދާޅުވީ، މޯލްޑިވްސް ވިމެންސް އިން ޕޮލިސިންގ ކޮމިޓީގެ އާ ދައުރު އިފްތިތާޙުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މެޑަމް ސާޖިދާ ވިދާޅުވީ، ފުލުހުންގެ ޚިދުމަތުގައި އަންހެން އޮފިސަރުންގެ ދައުރު ފުޅާކުރުމަކީ ހަމައެކަނި މިންތީގެ ހަމަހަމަކަން ޤާއިމްކުރުން ނޫންކަމަށާއި، ނަމަވެސް އެއީ މުޖުތަމަޢުގެ އިތުބާރާއި، އަންހެނުންނަށް ދެވޭ އަނިޔާތައް ހުއްޓުވުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އަންހެން އޮފިސަރުންގެ ބައިވެރިވުން އިތުރުވުމަކީ މުޖުތަމައުގައި އާންމުންގެ އިތުބާރާއި އެއްބާރުލުން އިތުރުވެ، ޚާއްސަކޮށް ގެވެށި އަނިޔާ އާއި އެފަދަ ހައްސާސް މައްސަލަތަކަށް ދެވޭ އިޖާބަ ހަރުދަނާވެގެންދާ ކަމެއް.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.

މީގެއިތުރުން، އަންހެނުންނަކީ ގުދުރަތީ ގޮތުން ވެސް ކެތްތެރި ބައެއްކަމަށްވުމީ އަމަން ބެލެހެއްޓުމުގެ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއްކަމަށް ދެކޭކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

އަދި އަލަށް އެފެދުނު މޯލްޑިވްސް ވިމެންސް އިން ޕޮލިސިންގ ކޮމިޓީގެ އާ ދައުރުގައި ޕޮލިސްގެ ސްޓްރަޓީޖިކް ޕްލޭންއާ އެއްގޮތަށް، އެ ކަމަނާ ވަނީ ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންފައެވެ. އެއީ އިތުރު އަންހެނުން ފުލުހުންގެ ދާއިރާއަށް ޝައުގުވެރި ކުރުވައިގެން އެ ކަނބަލުންނަށް އެ ދާއިރާގައި ދެމިތިބެވޭނެ، އާއިލީ ޒިންމާތަކާ އެކަށޭނަ ފުރުސަތުތައް ފަހިކޮށްދެއްވުމާއި، ހަމައެކަނި އިދާރީ މަސައްކަތްތައް ކުރުމަށް އަންހެން އޮފިސަރުން ޚާއްޞަ ކުރުމުގެ ބަދަލުގައި، ފްރަންޓްލައިންގަ އާއި މައްސަލަތައް ތަހުޤީޤު ކުރުމުގަ އާއި ޓެކްނިކަލް ދާއިރާތަކުން އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދެއްވުމެވެ. 

މީގެ އިތުރުން، ތަޖުރިބާކާރު އޮފިސަރުންގެ އިރުޝާދާއެކު އާ އޮފިސަރުންނަށް ކުރިޔަށްދެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކޮށް، އޮފިސަރުންނަށް ކުރިޔަށްދެވޭނެ މަގުފަހިކޮށްދީ އަންހެން އޮފިސަރުންގެ ދައުރު ފުޅާކުރެއްވުމަށް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450