Ads by Farudhun

ޚަބަރު

ތ. ގުރައިދޫގައި ޤާއިމްކުރާ އައުޓްޑޯ ޖިމްގެ ޢަމަލީ މަސައްކަތް އެމްޓީސީސީން ނިންމާލައިފި

ތ. ގުރައިދޫގައި ޤާއިމްކުރާ އައުޓްޑޯ ޖިމްގެ ޢަމަލީ މަސައްކަތް އެމްޓީސީސީން ނިންމާލައިފި

މަޝްރޫޢުގެ ނިންމާލުން/ފޮޓޯ: އެމްޓީސީސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

28 އޭޕްރީލު 2026، 01:52

28 އޭޕްރީލު 2026، 01:52

ތ. ގުރައިދޫގައި ޤާއިމްކުރާ އައުޓްޑޯ ޖިމްގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ.

އެމްޓީސީސީން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިހިނގާ އޭޕްރީލް މަހުގެ 1 ވަނަ ދުވަހު ގުރައިދޫ އައުޓްޑޯ ޖިމްގެ ޢަމަލީ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ.

ނެޝަނަލް ފިޓްނަސް ޕްލޭނާއި އެއްގޮތަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ރިޔާސީ ވަޢުދުފުޅެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން، ކަސްރަތު ކުރުމަށް ބޭނުންކުރާ ތަފާތު އެކުއިޕްމެންޓްތަކާއެކު، ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމެއް އަށަގެންނުވައި، ދުޅަހެޔޮ މުޖްތަމައުއެއް ބިނާކުރުމަށް މި ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.

ފެންވަރު ރަނގަޅު އައުޓްޑޯ ކަސްރަތަށް ޚާއްޞަ މެޝިންތަކާއެކު ޤާއިމުކޮށްފައިވާ މި އައުޓްޑޯ ޖިމަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބޭނުންކުރެވޭހެން ތަރައްޤީކޮށްފައިވާ ތަނެއްކަން ފާހަގަކޮށްލެވެއެވެ.  ކުޅިވަރުގެ ދާއިރާއާއި ޞިއްޙީ ދާއިރާއަކީ ވަރަށް މުހިންމު ދެ ދާއިރާކަމަށް ރައީސުލްޖުމްހޫރިއްޔާ ވެސް މީގެކުރިން ވިދާޅުވެފައިވާއިރު، މި ދެ ދާއިރާއިން މަޝްރޫޢުތައް ކުރިޔަށް ގެންދިއުމަކީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް މުހިންމު ކަމެއްކަން ފާހަގަކޮށްލެވެއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ގުރައިދޫ އައުޓްޑޯ ޖިމްގެ މަސައްކަތް އެމްޓީސީސީ އާ ހަވާލު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450