ޚަބަރު
އިއްފަތްތެރި މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވާނަމަ ހަތަރު ހެކިން ބޭނުންވާނެ: ޝެއިޙް އިލްޔާސް
ޝައިޙް އިލްޔާސް---
އިއްފަތްތެރި މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވާނަމަ ހަތަރު ހެކިން ބޭނުންވާނެކަމަށް ޝެއިޙް އިލްޔާސް ޙުސެއިން ވިދާޅުވެއްޖެއެވެ.
މުޖުތަމަޢުގައި އޮތް ދޮގު ވާހަކަ ދެއްކުމުގެ ވަބާއަށް އަލިއަޅުވާލައްވައި، އަދި ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އަޅުވާފައިވުމާ ގުޅިގެން އެކަމަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ޝެއިޚް ވިދާޅުވީ، އިސްލާމް ދީނުގައި މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވޭނީ އެކަމަށް ހެކިވާނެ 4 ހެކިން ތިބިކަމުގައި ވާނަމަ ކަމަށެވެ.
އަދި މިފަދައިން، މީހެއްގެ އަބުރު ގެއްލޭފަދަ ކަމެއްގައި ތުހުމަތެއް ކުރާނަމަ، ދެ ހެކިން ނުފުދޭނެ ކަމަށާއި ހަތަރު ހެކިންނަށް ހަމަ ލޮލުން ނުފެންނަނަމަ އެމީހުންގެ ހެކިބަސް ޤަބޫލު ނުކުރެވޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން އެފަދަ ވާހަކަތައް ފަތުރާ މީހުން އެކަމަށް ތަޢުބާވާން ޖެހޭނެ ކަމަށް ވެސް ޝެއިޙް ވިދާޅުވިއެވެ. އަދި ޒިނޭގެ ތުހުމަތުފަދަ ބޮޑު ތުހުމަތެއް ޤައުމުގެ ވަލީޔުލްއަމުރުގެ ބޮލުގައި އަޅުވާނަމަ، އެކަން ސާބިތު ކުރަން ޖެހޭނެ ކަމަށާއި، އެކަން ސާބިތު ނުކުރެވިއްޖެނަމަ އެ ވާހަކަ ދެއްކި މީހެއްގެ މައްޗަށް އެކަމުގައި އޮންނަ ޙުކުމެއް ތަންފީޒު ކުރަން ޖެހޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
"ޤައުމުގެ ވަލިއްޔުލް އަމުރުގެ ބޮލުގައި އެފަދަ ބޮޑު ތުމަތެއް އަޅުވާނަމަ، އެކަން ސާބިތުކުރަންވާނެ. އެކަން ސާބިތު ނުކުރެވޭނަނަމަ އޭނާގެ މައްޗަށް (ދޮގު ވާހަކަ ދެއްކި މީހާގެ މައްޗަށް) އެކަމުގައި އޮންނަ ޙުކުމް ތަންފީޒުކުރަން ޖެހޭނެ. އެހެންނޫންނަމަ މި ޤައުމެއް ނޯންނާނެ."
ޝެއިޙް އިލްޔާސް ވިދާޅުވިއެވެ.
"އަދަދު" ނޫހުން ރައީސުލްޖުމްހޫރިއްޔާއާ ގުޅުވައި ހަޤީޤަތާ ޚިލާފު މިފަދަ ހުތުރު ވާހަކަތަކެއް ދެއްކުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެ ނޫހަށް ފާޑުވިދާޅުވަމުންނެވެ. އަދި އެއީ މިނިވަން ނޫސްވެރިކަން ނޫން ކަމަށާއި، ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑުން ވޭރުނުވުމަށް އަންނަނީ ގޮވާލަމުންނެވެ.
ސަމާ
28/04/2026 23:30
ބީ. އެމް. އެލް. ގެ ރިބާގެ ވާހަކަ ނުދައްކަނީ ކީއްވެބާ.
މލސއ
29/04/2026 05:25
ގައުމުގެ އެހެން ބޮޑެތި މައްސަލަތަކުގައި އަގައިން ނުބުނެ ހުރެފައި މިއަދު ދޫފެޅީތާއެވެ.