Ads by Farudhun

ޚަބަރު

ޒިންމާދާރު ނޫސްވެރިކަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނޫސްވެރިންނަށް ގޮވާލައްވައިފި

ޒިންމާދާރު ނޫސްވެރިކަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނޫސްވެރިންނަށް ގޮވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް / ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

29 އޭޕްރީލު 2026، 08:35

29 އޭޕްރީލު 2026، 08:35

ނޫސްވެރިކަމުގެ މަސައްކަތުގައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ނޫސްވެރިންނަށް ގޮވާލައްވައިފިއެވެ.  

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޞައްޙަ ތެދު މަޢުލޫމާތު ފެތުރުމުގައި ނޫސްވެރިންނަކީ މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށާއި، އަދި މި ކަމުގައި އާންމުން ބަރޯސާ ވާނީ ނޫސްވެރިންނަށް ކަމަށެވެ.

އަދި ނޫސްވެރިކަމުގެ ހުދޫދުގެ ތެރެއިން ލިޔާ ލިޔުންތަކުންނާއި އުފައްދާ ކޮންޓެންޓުތަކުން ފެންވަރު ރަނގަޅު މަޢުލޫމާތު ހާމަކޮށްދީ، ޒިންމާދާރު ކުރުވުމުގެ އިތުރުން، ދެ ފުށް ފެންނަ ނިޒާމެއް ޤާއިމުކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.



މީގެއިތުރުން ނޫސްވެރިކަމުގެ އަޚުލާޤީ މިންގަނޑާ ޚިލާފުވުމުގެ ނަތީޖާ އިޖުތިމާޢީ ގޮތުން ހިތިވާނެ ކަމަށާއި، އޭރުން ހަމަނުޖެހުންތަކަށް މަގުފަހިވެ، ރައްޔިތުންނަށް ސައްޙަ މަޢުލޫމާތު ލިބުމަށް ހުރަސް އެޅިގެންދާނެ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ނައިބު ރައީސް ވަނީ ނޫސްވެރިކަން ކުރުމުގައި ތެދުވެރިވެ، ނޫސްވެރިންނަށް އޮތް ޒިންމާ ފުރިހަމައަށް އަދާކުރުމުގައި ދެމިތިއްބެވުމަށް އިލްތިމާސް ކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450