Ads by Exprox

ޚަބަރު

ބިދޭސީންގެ ނުދައްކާ ހުރި ފީތައް ބަހާލައިގެން ދެއްކުމަށް ފުރުޞަތު ދެނީ!

ބިދޭސީންގެ ނުދައްކާ ހުރި ފީތައް ބަހާލައިގެން ދެއްކުމަށް ފުރުޞަތު ދެނީ!

ރާއްޖޭގަ މަސައްކަތް ކުރާ ބިދޭސީންތަކެއް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ސެޕްޓެމްބަރު 2024، 07:05

02 ސެޕްޓެމްބަރު 2024، 07:05

ހުލާސާ

ބިދޭސީންގެ ނުދައްކާ ހުރި ފީތައް ބަހާލައިގެން ދައްކައި ޚަލާސް ކުރުމަށް ސަރުކާރުން ދެހަފްތާގެ މުއްދަތެއް ދީފިއެވެ. އެމުއްދަތުގެ ތެރޭގައި ފައިސާ ދައްކާ ޚަލާސް ނުކުރާނަމަ ނަންތައް ހާމަކުރާނެ ކަމަށް ދާޚިލީ ވުޒާރާއިން ބުނެފަވެއެވެ. 

ބިދޭސީންގެ ނުދައްކާ ހުރި ފީތައް ބަހާލައިގެން ދައްކައި ޚަލާސް ކުރުމަށް ސަރުކާރުން ދެހަފްތާގެ މުއްދަތެއް ދީފިއެވެ.

ދެހަފްތާގެ މުއްދަތަށް ބަހާލައިގެން ފީ ދެއްކުމަށް ފުރުޞަތު ދީފައިވަނީ ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާގެ އަދަދު 100،000 ރުފިޔާއަށްވުރެ މަދު ނަމައެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އިން މިއަދުު ކުރި އިޢުލާނުގައި ވަނީ ބިދޭސީން ވަޒީފާތަކުގައި ގެންގުޅޭ ފަރާތްތަކުން ދަޢުލަތަށް ދައްކަންޖެހޭ ފައިސާ 100،000 ރުފިޔާއަށްވުރެ މަދުނަމަ، 16 ސެޕްޓެންބަރުގެ ކުރިން އެ ފައިސާ ދައްކައި ޚަލާސްކުރުމަށް އަންގާފައެވެ.

އެ ތާރީޚުގެ ނިޔަލަށް، ފީތަކާއި ޖޫރިމަނާތައް ދައްކާ ޚަލާސްނުކުރާ ފަރާތްތައް އާންމުކޮށް އިޢުލާން ކުރާނެ ކަމަށާއި އަދި އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެ ފަރާތްތައް ސަސްޕެންޑްކުރާނެ ކަމަށާއި، އެ ފަރާތްތަކަށް އައު ހުއްދަތައް ދޫކުރުން މެދުކަނޑާލެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ގިނަ އަދަދެއްގެ ވަޒީފާދޭ ފަރާތްތަކުން އެއްފަހަރާ އެންމެހާ ފީތަކާއި ޖޫރިމަނާތައް ދައްކާ ޚަލާސްކުރުމަށް ދަތިވާކަމުގެ ޝަކުވާ މި މިނިސްޓްރީއަށް ހުށަހަޅަމުންދާތީ، 02 ސެޕްޓެމްބަރ 2024 ވަނަ ދުވަހުން ފެށިގެން، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވަކި މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކުރުމަށް ސަރުކާރާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުޞަތު ލިބޭނެ، މި އެއްބަސްވުމުގެ މުއްދަތާއި އިތުރު މަޢުލޫމާތު އެކްސްޕެޓް ސިސްޓަމުން ލިބެން ހުންނާނެ - ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

އިއުލާނުގައިވާ ގޮތުން މި އެއްބަސްވުމުގެ މުއްދަތާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 1500 ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބޭނެއެވެ.

 

މި ލިޔުން ކިޔާލުމުން

Ads by Stelco