Ads by Farudhun

ޚަބަރު

ތ. ކިނބިދޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފި

ތ. ކިނބިދޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފި

ތ. ކިނބިދޫ---

farudhun logo

ފަރުދުން

30 އޭޕްރީލު 2026، 12:08

30 އޭޕްރީލު 2026، 12:08

ތ. ކިނބިދޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިރޭގެ ވަގުތެއްގައެވެ. އަދި ފުލުހުންނަށް މި މައްސަލަ ރިޕޯޓުކޮށްފައި ވަނީ 20:40 ހާއިރެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާގައި އަނިޔާވީ އުމުރުން 36 އަހަރުގެ ފިރިހެނަކަށެވެ. އެ މީހާއަށް ކިނބިދޫ ސިއްޙީ މަރުކަޒުން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ތ. އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށްފައިވާކަމަށް ފުލުހުން ވަނީ މަޢުލޫމާތުދީފައެވެ.

ނަމަވެސް އެ މީހާއަށް ލިބުނު އަނިޔާ އެހާ ސީރިއަސްއެއް ނޫނެވެ. 

ފުލުހުން ގެންދަނީ މި މައްސަލަ ތަހުޤީޤު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450