ޚަބަރު
މުވައްޒަފުންގެ ޚިދުމަތުން ކޮންމެ ދުވަހަކު އެތައް ބައެއްގެ ދިރިއުޅުމަށް އުފާވެރި ބަދަލުތަކެއް އާދޭ: ސީއީއޯ
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ފޮޓޯ: އެމްސީއެޗްޖީ
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ސީ.ޖީ.އެޗް) ގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތުގެ ސަބަބުން، ކޮންމެ ދުވަހަކުވެސް އެތައް ބައެއްގެ ދިރިއުޅުމަށް އުފާވެރި ބަދަލުތަކެއް އަންނަމުންދާކަމަށް އެ ގްރޫޕްގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައި އިބްރާހިމް ޢަބްދުއްރައްޒާޤު ވަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އެންމެހައި މުވައްޒަފުންނަށް ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. ސީއީއޯ ވިދާޅުވީ، އެ ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ އެންމެހައި ޚިދުމަތްތަކުގެ މައިބަދައަކީ މުވައްޒަފުން ކަމަށާއި، އެ ބޭފުޅުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކޮށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށެވެ.
މިއަހަރުގެ މަސައްކަތްތެރިންގެ ދުވަހުގެ ޝިއާރު ކަމަށްވާ "ނަފްސާނީ ގޮތުން ދުޅަހެޔޮ މަސައްކަތުގެ މާޙައުލެއް ކަށަވަރުކުރުން" މިއީ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ނުހަނު މުހިންމު ޝިއާރެއްކަން ސީއީއޯ ފާހަގަކުރެއްވިއެވެ.
ކޮންމެ ދުވަހަކު ތިޔަ ބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތަކީ ހަމައެކަނި ފަރުވާ ދިނުމާއި އިދާރީ ހިންގުމެއް ނޫން. އެއީ ބަލިމީހުންނާއި އާއިލާތަކުގެ އުއްމީދުތަކާ ގުޅިފައިވާ، އަދި އިންސާނިއްޔަތަށްޓަކައި ތިޔަ ބޭފުޅުން އުފުއްލަވާ ނަފްސާނީ ބުރައެއްވެސް މެ،
ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤު
އޭނާ އިތުރަށް ވިދާޅުވީ، ވަރުގަދަ މުއައްސަސާއެއް ބިނާވަނީ ހަމައެކަނި އުމްރާނީ ވަސީލަތްތަކުގެ މައްޗަށް ނޫން ކަމަށާއި، އެއީ މުވައްޒަފުންގެ ދުޅަހެޔޮކަމާއި، ކަރާމާތްތެރިކަމާއި، ރައްކާތެރިކަމުގެ މައްޗަށް ބިނާވާ ކަމެއް ކަމަށެވެ. އެގޮތުން، ކްލިނިކަލް އަދި ނޮން-ކްލިނިކަލް ހުރިހާ ޓީމުތަކެއްގެ މުޢާމަލާތްތަކާއި އެކަކު އަނެކަކާ ދޭތެރޭ ބަހައްޓާ ގާތްކަމުން ފަންނީ އަދަބުވެރިކަން ފެންނަންވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސީ.އީ.އޯ ގެ ހައިސިއްޔަތުން އިބްރާހިމް ޢަބްދުއްރައްޒާޤު ކަށަވަރުކޮށްދެއްވީ، ހޮސްޕިޓަލުން ދޭ ޚިދުމަތްތަކެކޭ އެއްވަރަށް މުވައްޒަފުންގެ ދުޅަހެޔޮކަންވެސް މެނޭޖްމަންޓަށް މުހިންމު ކަމަށެވެ. މަސައްކަތުގެ ސަބަބުން ކުރިމަތިވާ ނަފްސާނީ ވަރުބަލިކަމާއި ފިއްތުންތައް ބަލައިގަތުމަކީ ބަލިކަށިކަމެއް ނޫން ކަމަށާއި، އެއީ ވަރުގަދަ، އޯގާތެރި މުއައްސަސާއެއް ބިނާކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ސީއީއޯ ވިދާޅުވިއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ކޮންމެ މުވައްޒަފަކު ކުރައްވާ ބުރަ މަސައްކަތާއި، ވެވަޑައިގަންނަވާ ޤުރުބާނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއި، އެމް.ސީ.ޖީ.އެޗް ގެ މެނޭޖްމަންޓުން ނުހަނު ޝުކުރުވެރިކަމާއެކު ބަލައިގަންނަކަން ފާހަގަކުރެއްވިއެވެ.
މި މުއައްސަސާއަށާއި ދިވެހި ޤައުމަށް ތިޔަ ދެއްވާ އިޚްލާޞްތެރި ޚިދުމަތަށާއި، ބުރަ މަސައްކަތަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވަން،
ސީއީއޯ
އިބްރާހިމް ޢަބްދުއްރައްޒާޤުގެ މެސެޖު ނިންމަވާލެއްވީ، މާތްﷲ މުވައްޒަފުންގެ މަސައްކަތުގައި ބަރަކާތްލައްވައި، ހިތްތަކަށް ހަމަޖެހުމާއި އުފާވެރިކަން މިންވަރުކުރެއްވުމަށް އެދި ދުޢާ ކުރައްވަމުންނެވެ.
<
﷽
— Haleem (@22halex) May 1, 2026
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (ދަރުމަވަންތަ ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، މޯލްޑިވްސް ބްލަޑް ސާވިސަސް އާ ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ) ގެ ލޮބުވެތި މުވައްޒަފުންނަށް؛
ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ…