Ads by Farudhun

ޚަބަރު

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަޤާމުން ޒާހިދު އިސްތިއުފާ ދެއްވައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަޤާމުން ޒާހިދު އިސްތިއުފާ ދެއްވައިފި

އީސީގެ ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ޒާހިދު / ފޮޓޯ: އޭސީ

farudhun logo

ފަރުދުން

01 މޭ 2026، 03:33

01 މޭ 2026، 03:33

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސްގެ މަޤާމުން މުޙައްމަދު ޒާހިދު އިސްތިއުފާ ދެއްވައިފިއެވެ.

އެ މަޤާމުން ޒާހިދު އިސްތިއުފާ ދެއްވިކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.

މިކަމާ ގުޅިގެން އީސީގެ ނައިބު ރައީސް އަބްދުއްރަޙްމާން ޞަލާހު ރަޝީދު ވިދާޅުވީ، އެ ކޮމިޝަންގެ ރައީސް ޒާހިދު މަޤާމުން އިސްތިއުފާ ދެއްވި ވާހަކަ އެންގެވި ނަމަވެސް އޭގެ ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އީސީގެ ރައީސްގެ މަޤާމަށް ޒާހިދު އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.

ޒާހިދު އީސީގެ ރައީސްގެ މަޤާމަށް އައްޔަންކުރެއްވީ، މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ ކޮމިޝަނުގެ މެންބަރެއްގެ މަޤާމަށް އައްޔަންކުރައްވާފައި ހުންނަވަނިކޮށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450