Ads by Farudhun

ޚަބަރު

މުވައްޒަފުންނަށް ފަހި މަސައްކަތްތެރި މާހައުލެއް ޤާއިމްކޮށްދިނުމަކީ ސަރުކާރުގެ އަމާޒު: ހީނާ

މުވައްޒަފުންނަށް ފަހި މަސައްކަތްތެރި މާހައުލެއް ޤާއިމްކޮށްދިނުމަކީ ސަރުކާރުގެ އަމާޒު: ހީނާ

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ދަށުން ހިންގަމުންދާ އިދާރާތަކަށް ވަޒީރު ޒިޔާރަތްކުރެއްވުން / ފޮޓޯ: ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

farudhun logo

ފަރުދުން

01 މޭ 2026، 10:07

01 މޭ 2026، 10:07

މުވައްޒަފުންނަށް ފަހި މަސައްކަތްތެރި މާހައުލަށް ޤާއިމްކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއްކަމަށް، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު، އަލްފާޟިލާ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ މަސައްކަތްތެރީންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހަވީރު މާލޭ ސިޓީގައި ކުރިޔަށްގެންދިޔަ ރެލީއަށްފަހު ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި ވެސް ފަންނުވެރި، ޤާބިލް އަދި މަސައްކަތްތެރި މުވައްޒަފުންތަކެއް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުވައްޒަފުން ގެންދަވަނީ ވަރަށް ފަންނުވެރި މަސައްކަތްތަކެއް ކުރައްވަމުން. އޭގެތެރޭގައި ސަގާފީ ދާއިރާ، ތަރިކަ ރައްކާތެރިކުރުމުގެ ދާއިރާ، ދިވެހި ބަހާ ގުޅުންހުރި ދާއިރާ ހިމެނޭ. މި ދާއިރާތަކުން ވަރަށް އިލްމީ މަސައްކަތްތަކެއް ކޮންމެ ދުވަހަކު ވެސް ކުރެވިގެންދޭ.  

ވަޒީރު ހީނާ ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ވަޒީރު ހީނާ ވިދާޅުވީ، ކުރިޔަށް އޮތް ދުވަސްތަކުގައި ސަރުކާރުން މަސައްކަތް ކުރާނީ މިފަދަ ފަންނުތަކާއި މަސައްކަތްތެރީންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، ވަޒީފާގެ މާހައުލަކީ މުވައްޒަފުންނަށް ފަސޭހައިން މަސައްކަތްކުރެވޭނެ މާހައުލެއްގެ ގޮތުގައި ޤާއިމްކޮށްދިނުމަށް ކަމަށެވެ.

މީގެ އިތުރުން، ވަޒީފާގެ މާހައުލުގައި ހުރި ދަތިތައް ނައްތާލާ، މުވައްޒަފުންނަށް ފަހި މާހައުލަށް ޤައިމްކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށާއި، އެ މަނިކުފާނު އެ ވަޢުދު ފުއްދަވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

މިއަދު މާލޭގައި ކުރިޔަށް ގެންދިޔަ ރެލީއަކީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިޔަށް ގެންދިޔަ ރެލީއެކެވެ. މި ރެލީގައި ކެބިނެޓުގެ ވަޒީރުންގެ އިތުރުން، ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުގެ ގިނަ މުވައްޒަފުންތަކެއް ވަނީ ބައިވެރިވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450