Ads by Farudhun

ޚަބަރު

އެމްޓީސީސީގެ ހިއްސާއަކަށް 3 ރުފިޔާ ބަހަން ފާސްކޮށްފި

އެމްޓީސީސީގެ ހިއްސާއަކަށް 3 ރުފިޔާ ބަހަން ފާސްކޮށްފި

އެމްޓީސީސީގެ އަހަރީ ޖަލްސާ. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 އޮކްޓޯބަރު 2026، 02:42

30 އޮކްޓޯބަރު 2026، 02:42

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު 5 ރުފިޔާގެ ކޮންމެ ހިއްސާއަކަށް 3 ރުފިޔާ ބެހުމަށް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ.

މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން އެޕްލިކޭޝަން "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި 59 ހިއްސާދާރުންނާއި، ޕްރޮކްސީ މެދުވެރިކޮށް 14 ހިއްސާދާރުން ބައިވެރިވިއެވެ. އެއީ ޖުމްލަ 5,602,272 ހިއްސާ ނުވަތަ ކުންފުނީގެ 69.75 އިންސައްތަ ހިއްސާއެވެ.

މި ޖަލްސާގައި އެމްޓީސީސީގެ 2025 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ ބެލެންސް ޝީޓާއި، ފައިދާއާއި ގެއްލުމުގެ ހިސާބުގެ އިތުރުން ޑިރެކްޓަރުންގެ ރިޕޯޓު ވަނީ ފާސްކޮށްފައެވެ. އަދި 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާއާއި، ކުންފުނީގެ ހިންގާ ގަވާއިދަށް ހުށަހެޅި އިސްލާހުތައް ފާސްކޮށް، ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އޮޑިޓަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޑެލޮއިޓެވެ.

މާލީ ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އެމްޓީސީސީއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 85 މިލިޔަން ރުފިޔާ އެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ދެ މެންބަރެއްގެ ދައުރު ހަމަވުމާ ގުޅިގެން، ބޯޑަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މި ޖަލްސާގައި އިންތިޚާބުކޮށްފައިވަނީ ރ. ރަސްގެތީމު، ހުދުވެލި، ހުސައިން ހަސަންފުޅު އެވެ. އާންމު ހިއްސާދާރުން ތަމްސީލުކުރާ ބޯޑުގެ ހުސްވެފައިވާ އަނެއް މަގާމަށް މެންބަރަކު އިންތިޚާބު ކުރުމަށްޓަކައި ބާއްވާ ޚާއްސަ އާންމު ޖަލްސާ، އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު އިއުލާނުކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ސަރުކާރުގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ އެމްޓީސީސީއާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އެއްކޮށްލުމަށް ސަރުކާރުން ނިންމާފައިވާއިރު، އާރްޑީސީގެ ދަށުގައި ހުރި މަޝްރޫއުތަކާ ހަވާލުވުމުގެ މަސައްކަތް މިހާރުވެސް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450