Ads by Farudhun

ޚަބަރު

އިސްދޫގައި އަލަށް ބިނާކުރާ މިސްކިތުގެ %70 މަސައްކަތް ނިންމާލައިފި

އިސްދޫގައި އަލަށް ބިނާކުރާ މިސްކިތުގެ %70 މަސައްކަތް ނިންމާލައިފި

މަޝްރޫޢުގެ އަދާހަމަ/ފޮޓޯ: ވުޒާރާ

03 މޭ 2026، 10:21

ލ. އިސްދޫގައި އަލަށް ބިނާކުރާ މިސްކިތުގެ %70 މަސައްކަތް ނިމިފައިވާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްދޫގައި ބިނާކުރާ މިސްކިތުގެ %70 މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. ހަމަ އެހެންމެ، ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މިސްކިތްތައް އެޅުމާއި މަރާމާތުކޮށް، އިސްލާމްދީން ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާއިރު، ނިމިދިޔަ އަހަރު 19.4 މިލިޔަން ރުފިޔާ، ރާއްޖޭގެ އެކި ރަށްރަށުގައި ހުރި މިސްކިތްތައް މަރާމާތު ކުރުމަށް ސަރުކާރުން ހޭދަކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. ހަމަ އެއާއެކު، މިއަހަރުގެ ބަޖެޓުގައި 15 މިލިޔަން ރުފިޔާ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މިސްކިތްތައް މަރާމާތު ކުރުމަށް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.

އަލަށް ބިނާކުރާ މި މިސްކިތަކީ ފިރިހެނުންނާއި އަންހެނުންނަށް ވެސް ނަމާދު ކުރެވޭ ގޮތަށް ބިނާކުރަމުންދާ ޖާގަ ތަނަވަސް މިސްކިތެއްކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450