Ads by Farudhun

ޚަބަރު

ޢާންމުންނަށް ވަދެވޭނެހެން ދާރުލްއާސާރު ކޮންމެ ހޮނިހިރު ދުވަހަކު ހުޅުވަނީ

ޢާންމުންނަށް ވަދެވޭނެހެން ދާރުލްއާސާރު ކޮންމެ ހޮނިހިރު ދުވަހަކު ހުޅުވަނީ

ދާރުލްއާސާރު/ފޮޓޯ: ސަން

03 މޭ 2026، 12:55

ޢާންމުންނަށް ވަދެވޭނެހެން ޤައުމީ ދާރުލްއާސާރު ކޮންމެ ހޮނިހިރު ދުވަހަކު ހުޅުވުމަށް ނިންމަވާފައިވާކަމަށް ފަންނާއި ސަގާފަތާ ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ފަންނާއި ސަގާފަތާ ތަރިކައާ ބެހޭ ވުޒާރާއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވަމުންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޤައުމީ ދާރުލްއާސާރު ހުޅުވާފައި ހުންނަ ވަގުތުތައް އިތުރުކޮށް، އެތަނަަށް ޒިޔާރަތްކުރުމަށް އޮންނަ ފުރުޞަތު އިތުރުކޮށްދިނުމަށް ޢާންމުންގެ ގިނަ ބަޔަކު އެދެމުން އަންނަ ކަމަށެވެ. އެހެންކަމުން، މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު 16:00 އަށް ދާރުލްއާސާރު ޢާންމުންނަށް ވަދެވޭނެ ގޮތަށް ހުޅުވާފައި ބެހެއްޓުމަށް ނިންމާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރަސްމީ ދުވަސްތަކުގައި ވެސް ދާރުލްއާސާރު ހުޅުވާފައި ހުންނަ ވަޤުތު އިތުރުކުރުމަށް ބައެއް ފަރާތްތަކުން އެދެމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، ރަސްމީ ދުވަސްތަކުގައި އެތަން ހުޅުވާފައި ހުންނަ ވަޤުތު ހެނދުނު 09:00 އިން ރޭގަނޑު 21:00 ނުވަތަ 22:00 އަށް އިތުރުކުރުމަށް ވިސްނަވަމުންދާ ކަމަށާއި، އެކަަމަށްޓަކައި އިދާރީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ޤައުމީ ދާރުލްއާސާރަކީ، ގިނަ ޢަދެއްގެ ކިޔަވާކުދިން ވެސް ބޭނުންކުރަމުންދާ ތަނަކަށްވީއިރު، މި ބަދަލުތަކުގެ ސަބަބުން ދަރިވަރުން  ހިމެނޭހެން ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450