ޚަބަރު
އެމްޑީޕީގެ ޗެއާރޕާސަންގެ މަޤާމަށް ތިން ބޭފުޅަކު ކުރިމަތިލައިފި
އެމްޑީޕީގެ ދިދަތަކެއް--
ފަރުދުން
03 މޭ 2026، 03:36
03 މޭ 2026، 03:36
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ޗެއާރޕާސަންގެ މަޤާމަށް ތިން ބޭފުޅަކު ކުރިމަތިލައިފިއެވެ.
މިކަމާ ގުޅިގެން އެމްޑީޕީން ކުރި އިޢުލާނެއްގައި ބުނީ، އެ ޕާޓީގެ ޗެއާރޕާސަންގެ މަޤާމަށް ކުރިމަތިލިފަރާތްތަކުގެ ތެރެއިން ތިން ބޭފުޅަކު ޝަރުތުހަމަވެފައިވާ ކަމަށެވެ.
އަދި އެ އިންތިޚާބުގައި ވާދަކުރައްވާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކޮށްފައިވަނީ ކެނޑިޑޭޓު ނަންބަރު ތަރުތީބުކުރުމަށްފަހުއެވެ.
އެމްޑީޕީން އިޢުލާންކުރި ލިސްޓުގައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހިމެނެއެވެ.
އެމްޑީޕީގެ ޗެއާރޕާސަންގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތައް، ކެނޑިޑޭޓު ނަންބަރާއެކު:
ކެންޑިޑޭޓު ނަންބަރ: 1- މުޙައްމަދު ނަޝީދު، ގ.ކެނެރީގެ/މާލެ
ކެންޑިޑޭޓް ނަންބަރ 2- އިބްރާހީމް މުޙައްމަދު، ހުދުވިލާގެ/ލ.ފޮނަދޫ
ކެންޑިޑޭޓް ނަންބަރ 3- މީކާއީލު އަޙްމަދު ނަސީމް، ގ.ބަރޯސާ/މާލެ
އަންނަ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވެފައި ވަނީ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6 ޖެހިއިރުއެވެ.
އެމްޑީޕީން ވަނީ މި އިންތިޚާބުގެ ކޮމްޕްލެއިންސް ކޮމެޓީ ވެސް މިހާރު އެކުލަވާލާ އެ ކޮމެޓީ އާންމުކޮށްފައެވެ. އެ ކޮމެޓީގައި ހިމެނެނީ އަލްއުސްތާޛު މުޙައްމަދު ނިޝާން އިބްރާހީމް އާއި ޑޮކްޓަރ ޢައިޝަތު ޢަލީގެ އިތުރުން އަލްފާޟިލް ޝާޠިރު ޢަބްދުއްރަޙްމާންއެވެ.