Ads by Farudhun

ޚަބަރު

އެމްޓީސީސީގެ ޑީއެމްޑީގެ މަޤާމަށް މުބީން އައްޔަންކޮށްފި

އެމްޓީސީސީގެ ޑީއެމްޑީގެ މަޤާމަށް މުބީން އައްޔަންކޮށްފި

އެމްޓީސީސީގެ ޑީއެމްޑީގެ މަޤާމަށް އައްޔަންކުރެއްވި އަހްމަދު މުބީން---

farudhun logo

ފަރުދުން

03 މޭ 2026، 04:23

03 މޭ 2026، 04:23

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެންޓަރުގެ މަޤާމަށް، އަހްމަދު މުބީން އައްޔަންކޮށްފިއެވެ.

މި މަޤާމަށް މުބީން އައްޔަންކުރުމާ ގުޅިގެން، އެމްޓީސީސީން އެކަން ފާހަގަކޮށް ސޯޝަލް މީޑިއާގައި އެކަން ހާމަކޮށްފައެވެ. 

އެ ކުންފުނިން ސޯޝަލް މީޑިއާގައި ޚިއްޞާކުރި މެސެޖުގައި ވަނީ މުބީންއަށް މަރުޚަބާ ދަންނަވައި، އެ ކުންފުންޏަށް އިތުރު ކުރިއެރުމާއި ކާމިޔާބީތައް ހޯދުމުގައި އެ ބޭފުޅާއި ލީޑަރޝިޕާއި ތަޖުރިބާ މުހިންމު ދައުރެއް އަދާކުރާނެކަން ހާމަކޮށްފައެވެ.



މުބީން ވަނީ ކުރިން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުވެސް އަދާކުރައްވާފައެވެ. އަދި އޭގެ ކުރިން ބިލެތްދޫ ދާއިރާގެ މެންބަރެއްގެ ގޮތުގައި މުބީން ވަނީ ރައްޔިތުންގެ މަޖިލީހުގައި ވެސް ޚިދުމަތްކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450