Ads by Exprox

ޚަބަރު

ލޯބިވެރިޔާގެ ބަރަހަނާ ފޮޓޯތައް ލީކު ކޮށްލާނެ ކަމަށް ބުނެ ބިރުދެއްކި ފުލުސްމީހާގެ ބަންދަށް 10 ދުވަސް

ލޯބިވެރިޔާގެ ބަރަހަނާ ފޮޓޯތައް ލީކު ކޮށްލާނެ ކަމަށް ބުނެ ބިރުދެއްކި ފުލުސްމީހާގެ ބަންދަށް 10 ދުވަސް

ލޯބިވެރިޔާގެ ބަރަހަނާ ފޮޓޯތައް ލީކު ކޮށްލާނެ ކަމަށް ބުނެ ބިރުދެއްކި ފުލުސްމީހާ. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ނޮވެމްބަރު 2024، 08:15

24 ނޮވެމްބަރު 2024، 08:15

ލޯބިވެރިޔާގެ ބަރަހަނާ ފޮޓޯތައް ލީކު ކޮށްލާނެ ކަމަށް ބުނެ ބިރުދެއްކި ފުލުސްމީހާގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފިއެވެ.

އެމައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ އއ. މަތިވެރި ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރަމުން އަންނަ އެރަށު، ފަޒާ، ޒައިދާން މުހައްމަދު (19އ) އެވެ. އޭނާއަކީ ރެކްރޫޓް ފުލުހެކެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ ލޯބިވެރިޔާއަށް ބިރުދައްކައި، އޭނާގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ މީސްމީޑިއާގައި ލީކުކޮށްލާނެ ކަމަށް ބުނެ ބިރުދައްކައި، އިންޒާރުދީ، ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައެވެ.

އޭނާގެ ބަންދަށް މިއަދު ކްރިމިނަލް ކޯޓުން 10 ދުވަސް ޖެހިއިރު، އޭނާގެ އަތުގައި ހުރި ފޮޓޯތައް ލީކްކޮށްލައި ބިރުދެއްކުމުގެ ކަންކަން ހިނގާފައިވާ ކަމުގެ ހެކި ކޯޓަށްވެސް ހުށަހަަޅާފައި ވެއެވެ. 

އަދި މި މައްސަލައިގައި އޭނާގެ ފޯނު ނައްތާލައި، ހެކި ނައްތާލާފައިވާ ކަަމަށް ފުލުހުން ތުހުމަތު ކުރާއިރު، މިކަމަށް ބާރުދޭ ހެކި ހުށަހަޅާފައިވާ ކަމަށް ބުނެފައި ވެއެވެ.

އޭނާ ވަނީ މީހަކު ޖާމިނުކޮށް ކަފާލާތުގެ ދަށުން ދޫކޮށް ދިނުމަށް އެދިފައެވެ. ނަމަވެސް އެކަމަށް އެދި ހުށަހެޅި ފޯމް ފުރިހަމަވެފައި ނުވާ ކަމަށް ކޯޓު އަމުރުގައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco