ދުނިޔެ

ލުބްނާނުގެ ދެކުނުގެ ރަށްތައް ހުސްކުރުމަށް އަނެއްކާވެސް އަމުރުތަކެއް ނެރެފި

ލުބްނާނުގެ ދެކުނުގެ ރަށްތައް ހުސްކުރުމަށް އަނެއްކާވެސް އަމުރުތަކެއް ނެރެފި

ލުބްނާނަށް އިސްރާއިލަށް ހަމަލާދިނުން. ފޮޓޯ:އޭއެފްޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 މޭ 2026، 09:33

03 މޭ 2026، 09:33

އިސްރާއީލާއި ހިޒްބުالله އާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އިސްރާއީލުގެ އަސްކަރިއްޔާއިން ލުބުނާނުގެ ދެކުނުގެ ރަށްތަކާއި އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުން ގެދޮރު ދޫކޮށް ދިއުމަށް އާ އަމުރުތަކެއް ނެރެފިއެވެ.

މި އަމުރުތަކުގެ ތެރޭގައި މިހާރު އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކުން ބޭރުގައިވާ ރަށްތައްވެސް ހިމެނެއެވެ.

އިސްރާއީލު އަސްކަރިއްޔާގެ އަރަބި ބަހުން ވާހަކަދައްކަވާ ތަރުޖަމާނު އަވިޗޭ އަދުރާއީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ ސަލާމަތަށްޓަކައި ވަގުތުން ގެދޮރު ދޫކޮށް، އަވަށްތަކާ މަދުވެގެން 1،000 މީޓަރު ދުރަށް ހުސް ބިންތަކަށް ދާންޖެހޭނެ ކަމަށެވެ. މި އިންޒާރުގައި ނަބަޓިއޭ ޑިސްޓްރިކްޓްގެ 10 އަށްވުރެ ގިނަ އަވަށް ހިމެނޭއިރު، އޭގެ ތެރޭގައި ލިޓާނީ ކޯރުގެ އުތުރުގައިވާ ރަށްތައްވެސް ހިމެނެއެވެ.

ލުބުނާނުގެ ރަސްމީ ނޫސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އަމުރު ނެރުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އިސްރާއީލުން ވަނީ ލުބުނާނުގެ ދެކުނުގެ އެކި ސަރަހައްދުތަކަށް ހަމަލާތަކެއް ދީފައެވެ. މީގެ ތެރޭގައި ހުސްކުރުމުގެ އަމުރުގައި ނުހިމެނޭ ރަށްތައްވެސް ހިމެނެއެވެ. އެމެރިކާ މެދުވެރިވެގެން އޭޕްރީލް 17 އިން ފެށިގެން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، މަސްރަހު ދަނީ އިތުރަށް ގޯސްވަމުންނެވެ.

އިސްރާއީލުގެ އަސްކަރީ ޗީފް އޮފް ސްޓާފް އީޔަލް ޒާމިރު ވިދާޅުވެފައިވަނީ، އިސްރާއީލުގެ ކޮންޓްރޯލް އޮތް ސަރަހައްދުން ބޭރުންނާއި ލިޓާނީ ކޯރުގެ އުތުރުން ކުރިމަތިވާ ކޮންމެ ނުރައްކަލެއް ނައްތާލާނެ ކަމަށެވެ. ވޭތުވެދިޔަ ހަފުތާގައި ޑްރޯން ހަމަލާތަކެއްގައި އިސްރާއީލުގެ ދެ ސިފައިންނާއި ކޮންޓްރެކްޓަރަކު މަރުވެ، ގިނަ ބަޔަކު ވަނީ ޒަހަމްވެފައެވެ.

ލުބުނާނުގެ ރައީސް ޖޯސެފް އައުން ވިދާޅުވީ ސުލްހައިގެ މަޝްވަރާތައް ފެށުމުގެ ކުރިން އިސްރާއީލުން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް ފުރިހަމައަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް، މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިހާރު އޮތް އެއްބަސްވުމަކީ ހަމައެކަނި ނަމެއްގައި އޮތް އެއްބަސްވުމެކެވެ. އިސްރާއީލުން ދަނީ އެގައުމުގެ އަސްކަރީ ހަރަކާތްތައް އިތުރަށް ފުޅާކުރަމުންނެވެ.

ލުބުނާނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ހޮނިހިރު ދުވަހު އިސްރާއީލުން ދިން ހަމަލާތަކުގައި މަދުވެގެން 10 މީހުން މަރުވެފައިވެއެވެ. މާޗް 2 އިން ފެށިގެން މި ހަނގުރާމަ ވަރުގަދަވި ފަހުން މިހާތަނަށް ލުބުނާނުން 2,659 މީހުން މަރުވެ، 8,183 މީހުން ވަނީ ޒަހަމްވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450