Ads by Farudhun

ޚަބަރު

ކުރިޔަށް އޮތް ހަތަރު މަހު ވާރޭ ވެހޭ މިންވަރު އިތުރުވާނެ

ކުރިޔަށް އޮތް ހަތަރު މަހު ވާރޭ ވެހޭ މިންވަރު އިތުރުވާނެ

އަތޮޅުތެރޭގެ ރަށެއްގައި ފެންބޮޑުވެފައި---

farudhun logo

ފަރުދުން

03 މޭ 2026، 09:48

03 މޭ 2026، 09:48

ކުރިޔަށް އޮތް ހަތަރު މަހު ރާއްޖެއަށް ވާރޭ ވެހޭ މިންވަރު، އެހެން އަހަރުތަކުގެ މި މުއްދަތާ އަޅާބަލާއިރު އިތުރުވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

އެ އިދާރާއިން، ޖޫން މަހުން ފެށިގެން ސެޕްޓެންބަރު މަހާ ދޭތެރޭ މޫސުން ލަފާކުރާ ގޮތް ހާމަކުރަމުން ބުނީ، ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވާރޭ ވެހޭ މިންވަރު، އާންމުކޮށް ވެހޭ މިންވަރަށް ވުރެ އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެ އިދާރާއިން އިތުރަށް ބުނީ، މޫސުން ލަފާ ކުރާ ގޮތް އާންމު ގޮތެއްގައި ތައްޔާރު ކުރަނީ އޭޕްރީލް މަހުގެ މޫސުމީ ހާލަތުގެ އިތުރުން މޫސުމަށް ބަދަލު އައުމަށް މެދުވެރިވާ ސަބަބުތަކަށް ރިއާޔަތް ކޮށްގެން ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ހަތަރު މަހުގައި ވެސް ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ފިނިހޫނުމިން އާންމުކޮށް ހުންނަ މިންވަރަށްވުރެ މަތިވާނެ ކަމަށް ބެލެވޭ ކަމަށް މޫސުމާ ބެހޭ އިދާރާއިން ހާމަކުރެއެވެ.



ވޭތުވެދިޔަ މާރިޗު އަދި އޭޕްރީލް މަހަކީ ރާއްޖެއަށް ހޫނުމިން ރެކޯޑް މިންވަރަކަށް ގަދަވި ދުވަސްވަރެކެވެ. އެހެންނަމަވެސް މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގެ ވިއްސާރަކުރަން ފަށާފައެވެ.

މޫސުމަށް އައި މި ބަދަލާ ގުޅިގެން، ރާއްޖޭގެ ބައެއް ހިސާބުތަކަށް މިއަދު ވެސް ވަނީ ހުދު ސަމާލު ނެރެފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450