ދުނިޔެ

ހަމަލާތަކުގައި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ހަމަލާތަކުގައި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

އިރާޤުގެ ބަޣްދާދުގައި ހުންނަ އެމެރިކާގެ އެމްބަސީ. ފޮޓޯ:އީޕީއޭ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 މޭ 2026، 08:51

04 މޭ 2026، 08:51

އީރާނާއި އެ ޤައުމާ ގުޅިފައިވާ ބާރުތަކުން މެދުއިރުމަތީގެ އެކި ގައުމުތަކުގައި ހުރި އެމެރިކާގެ މަދުވެގެން 16 އަސްކަރީ މަރުކަޒަކަށް ހަމަލާދީ، އޭގެ ތެރެއިން ބައެއް ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ސީއެންއެންއިން ރިޕޯޓްކޮށްފިއެވެ.

މި ރިޕޯޓަކީ ސެޓެލައިޓް ފޮޓޯތަކާއި އެމެރިކާ އަދި ގަލްފުގެ އަރަބި ގައުމުތަކުގެ މަސްދަރުތަކާ ހަވާލާދީ ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

ގެއްލުން ލިބުނު މަރުކަޒުތަކުގެ ތެރޭގައި އެ ސަރަޙައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަޤާމުތަކުގެ ބޮޑުބައި ހިމެނޭ ކަމަށް ރިޕޯޓްގައިވެއެވެ. މަސްދަރަކާ ހަވާލާދީ ސީއެންއެންއިން ބުނެފައިވަނީ، ބައެއް މަރުކަޒުތައް އެއްކޮށް ސުންނާފަތިވެ ބަންދުކުރަން ޖެހިފައިވާއިރު، އަނެއްބައި މަރުކަޒުތަކަކީ އެމެރިކާއަށް އޮތް އިސްތިރާތީޖީ ފައިދާއަށްޓަކައި މަރާމާތުކޮށްގެން ބޭނުންކުރަން ޖެހޭ ތަންތަންކަމަށް އަސްކަރީ ވެރިން ދެކޭ ކަމަށެވެ.

ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި އީރާނުގެ މައިގަނޑު އަމާޒަކަށްވީ އެމެރިކާގެ އެންމެ ޒަމާނީ ރޭޑާ ސިސްޓަމްތަކާއި، މުވާސަލާތީ ނިޒާމުތަކުގެ އިތުރުން ހަނގުރާމަމަތީ ބޯޓުފަހަރެވެ. މީގެ ތެރެއިން ގިނަ ވަސީލަތްތަކަކީ ބޮޑު ހޭދައެއް ހިނގާ އަދި އަލުން ހޯދަން އުނދަގޫ ތަކެއްޗެވެ. "އެ މީހުން ހަމަލާދިނުމަށް އެންމެ ފައިދާހުރި ތަންތަން ވަނީ ވަރަށް ބޮޑަށް ދެނެގަނެފައި. އަހަރެމެންގެ ރޭޑާ ސިސްޓަމްތަކަކީ އެ ސަރަޙައްދުގައި ހުރި އެންމެ އަގުބޮޑު އަދި އެންމެ މަދު ވަސީލަތްތައް،" މަސްދަރުން ބުންޏެވެ.

ހަނގުރާމައިގެ ހަރަދު 40 ބިލިއަނަށް ވުރެ މަތީގައި

ޕެންޓަގަންގެ ކޮމްޕްޓްރޯލާ ޖޫލްސް "ޖޭ" ހާރސްޓް ތިންވަނަ، ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް މިހާތަނަށް ގާތްގަނޑަކަށް 25 ބިލިއަން ޑޮލަރު ހޭދަވެފައިވާ ކަމަށެވެ. ނަމަވެސް، ސީއެންއެން އަށް މައުލޫމާތު ދިން މަސްދަރަކު ބުނި ގޮތުގައި މި އަދަދު އުޅެނީ 40 އާއި 50 ބިލިއަން ޑޮލަރާ ދެމެދުގައެވެ.

މިވަގުތު ހަނގުރާމަ މެދުކަނޑާލާފައި އޮތް ނަމަވެސް، ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތްތަކުގައި ކުރިއެރުމެއް ނުލިބެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވީ، "އީރާނުން އަހަރެމެން ބޭނުންވާ ކަހަލަ އެއްބަސްވުމަކަށް އެއްބަހެއް ނުވޭ" ކަމަށެވެ. ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450