Ads by Farudhun

ޚަބަރު

މެޑަމް ސާޖިދާ، ސްރީލަންކާގެ ގުޑް މާކެޓަށް ޒިޔާރަތްކުރައްވައިފި

މެޑަމް ސާޖިދާ، ސްރީލަންކާގެ ގުޑް މާކެޓަށް ޒިޔާރަތްކުރައްވައިފި

މެޑަމް ސާޖިދާ މުޙައްމަދު/ފޮޓޯ: ރައީސް އޮފީސް

05 މޭ 2026، 09:32

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު  ސްރީލަންކާގެ ގުޑް މާކެޓްގެ އޮފީހަށް ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތަކީ ރައީސްގެ ދެކަނބަލުން ސްރީލަންކާއަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެކަމަނާ ކުރެއްވި ޒިޔާރަތެކެވެ.

މި ޒިޔާރަތުގައި، އެކަމަނާ ވަނީ ކޮލަމްބޯގެ ޒަމާންވީ "ދި 80 ކްލަބު އޮފް ކޮލަންބޯ" ގައި ކުރިއަށްދިޔަ އަންހެން ވިޔަފާރިވެރިންގެ އުފެއްދުންތައް ދައްކާލާ މައުރަޒެއް ބައްލަވާލައްވާފައެވެ. އެގޮތުން، މި މައުރަޒުގައި ދައްކާލާފައިވާ އުފެއްދުންތަކުގެ ތެރޭގައި، ދެމެހެއްޓެނިވި ގޮތުގައި ތައްޔާރުކުރާ ކާބޯތަކެއްޗާއި ދުޅަހެޔޮކަމާ ގުޅޭ އުފެއްދުންތަކާއި، ޒިންމާދާރުގޮތުގައި ތައްޔާރުކުރެވޭ އަންނައުނާއި ދިރިއުޅުމުގެ ވައްޓަފާޅީގެ އެކިއެކި ބްރޭންޑްތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން މުޖުތަމަޢުގެ ލާބައަށް ހިންގާ ވިޔަފާރިތަކުގެ އުފެއްދުންތައް ހިމެނެއެވެ.

މީގެ އިތުރުން މި ޒިޔާރަތުގައި، އެކަމަނާ ވަނީ ވިޔަފާރިވެރިންނާ ސީދާ ބައްދަލުކުރައްވައި، އައު ވިޔަފާރިތައް ތަރައްޤީކޮށް ފުޅާކުރުމާއި، ދެމެހެއްޓެނިވި ގޮތުގައި އިޖުތިމާޢީ މަންފާއަށް ވިސްނުމާއި ގުޅޭގޮތުންނާއި މިފަދަ އެކިއެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތައް ހޯދުމާ ބެހޭގޮތުން މަޝްވަރާކުރައްވާއެވެ. ހަމަ އެހެންމެ، އަންހެނުން އިސްވެ ހިންގާ ވިޔަފާރިތައް ބާރުވެރިކުރުވުމާއި، ޝާމިލު އިޤުތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދޭ ފަދަ ގުޅުންތައް ޤައުމުތަކުގެ މެދުގައި އާލާކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.

މެޑަމް ސާޖިދާގެ މި ޒިޔާރަތުގެ ސަބަބުން، ދިވެހިރާއްޖެއާއި ސްރީލަންކާގެ ރައްޔިތުންގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ހާމަވެގެންދިޔައެވެ.

ގުޑް މާކެޓަކީ، ޒިންމާދާރުކަމާއެކު ތަކެތި އުފައްދައި ބޭނުންކުރުމަށް ބާރުއަޅައި، ދެމެހެއްޓެނިވި ވިޔަފާރިތަކަށް އެއްބާރުލުންދީ އެފަރާތްތަކުގެ އުފެއްދުންތައް ޢާންމުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ހިންގާ މާކެޓެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450