Ads by Farudhun

ޚަބަރު

މާލީ އިދާރާތަކުން ހޯދާ ކާމިޔާބީތައް ފާހަގަކުރުމަށް އެވޯޑެއް ތަޢާރަފްކުރަނީ

މާލީ އިދާރާތަކުން ހޯދާ ކާމިޔާބީތައް ފާހަގަކުރުމަށް އެވޯޑެއް ތަޢާރަފްކުރަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ---

05 މޭ 2026، 10:40

މާލީ އިދާރާތަކުން ހޯދާ ކާމިޔާބީތައް ފާހަގަކުރުމަށްޓަކައި، މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑުގެ ނަމުގައި އެވޯޑެއް ތައާރަފް ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމާފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

މި އެވޯޑަކީ މާލީ އިދާރާތަކުން ހޯދާ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ އިތުރުން، މިކަމުގެ މަޤުސަދުތަކުގެ ތެރޭގައި މާލީ ދާއިރާގެ ތަރައްޤީއަށް އެ އިދާރާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރުން ވެސް ހިމެނޭކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑު ދިނުމަށް އެމްއެމްއޭއިން ނިންމާފައި ވަނީ ތަފާތު ހަތް ދާއިރާއަކުންނެވެ. އެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ މާލީ ނިޒާމު ހަރުދަނާކުރުމަށް އެމްއެމްއޭއިން ޚާއްސަ އަހައްމިއްޔަތުކަންދޭ ދާއިރާތައްކަން ވެސް ފާހަގަކޮށްލެވެއެވެ.

އެގޮތުން މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑު ދިނުމަށް ނިންމާފައިވަނީ މާލީ ބައިވެރިވުން އިތުރު ކުރުމުގެ ދާއިރާއިންނާއި، މާލީ ހޭލުންތެރިކަން އިތުރު ކުރުމުގެ ދާއިރާއިންނާއި، ޑިޖިޓަލް ފައިނޭންސް ފުޅާކުރުމުގެ ދާއިރާއިންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަ މާލީ ޚިދުމަތްތައް އިތުރު ކުރުމުގެ އިތުރުކުރުމުގެ ދާއިރާއިންނާއި އަދި ގްރީން ފައިނޭންސް ކުރިއެރުވުމާ ގުޅޭ ދާއިރާ ވެސް މީގެ ތެރޭގައި ހިމެނެއެވެ. 

އެމްއެމްއޭގެ އަމާޒަކީ، މި އެވޯޑުގެ ސަބަބުން މާލީ ޚިދުމަތްތައް ދިނުމުގައި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ، ހުރިހާ ދާއިރާއެއް ޝާމިލުވާ ފަދަ މާލީ ޚިދުމަތްތަކެއް ދިނުމަށް ބާރުއެޅުމެވެ. އަދި މިއީ ދާއިރާގެ ވާދަވެރިކަން އިތުރުވެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ބާރުއެޅޭނެ ކަމެއް ކަމަށް އެ އޮތޯރިޓީން ހާމަކުރެއެވެ.

އެމްއެމްއޭއިން އަންނަނީ ރާއްޖޭގެ މާލީ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދިވެހިރާއްޖޭގެ ފައިނޭންޝިއަލް ސެކްޓަރއަށް ޚާއްޞަ އެކްސްޕޯއެއް އަންނަ ޖުލައި މަހު ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.

މި އެކްސްޕޯއާ ގުޅިގެން ނެރުނު ބަޔާނެއްގައި އެމްއެމްއޭއިން ބުނީ، މި އެކްސްޕޯގެ މަޤުސަދަކީ މާލީ ކަންކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށް އެހީތެރިވެދިނުމާއި، ރާއްޖޭގައި މާލީ ޚިދުމަތްތައްދޭ ހުރިހާ ތަނެއް އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، މަޢުލޫމާތު ލިބިގަތުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450