Ads by Farudhun

ޚަބަރު

މިދިޔަ ހަފްތާގައި ބައި މިލިއަނަށް ވުރެ ގިނަ ފައިސާ ހޯދައިފި

މިދިޔަ ހަފްތާގައި ބައި މިލިއަނަށް ވުރެ ގިނަ ފައިސާ ހޯދައިފި

ގަލޮޅު ޕޮލިސް ސްޓޭޝަން---

farudhun logo

ފަރުދުން

05 މޭ 2026، 11:34

05 މޭ 2026، 11:34

ފައިސާ އާއި އަގުބޮޑެތި ތަކެތި ގެއްލިގެން ނުވަތަ ފޭރިގަނެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ މައްސަލަތަކާ ގުޅިގެން ކުރެވުނު މަސައްކަތުން ބައި މިލިއަނަށް ވުރެ ގިނަ ފައިސާ ހޯދައިފިއެވެ. 

މިކަމާ ގުޅިގެން ފުލުހުން ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، 26 އެޕްރީލްއިން ފެށިގެން 2 މެއިގެ ނިޔަލަށް، ފުލުހުން ވަނީ މާލެ ސަރަޙައްދުން 559،879 ރުފިޔާ ހޯދާފައެވެ. މި އަދަދަކީ ފުލުހުން ހޯދާފައިވާ އަގުބޮޑެތި މުދުގެ އަންދާޒީ އަގު ހިމަނައިގެން ކަނޑައަލާފައިވާ އަދަދެއް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. 

ތަފާސްހިސާބަށް ބަލާއިރު އެންމެ ގިނަ ފައިސާ ހޯދާފައި ވަނީ ގަލޮޅު ޕޮލިހުންނެވެ. އެގޮތުން އެ ސްޓޭޝަނުން ވަނީ 278،910 ރުފިޔާ ހޯދާފައެވެ. ދެން އެންމެ ގިނަ ފައިސާ ހޯދާފައި ވަނީ މާފަންނު ޕޮލިހުންނެވެ. އެއީ 184،800 ރުފިޔާއެވެ. 



މީގެ އިތުރުން ހެންވޭރު ޕޮލިހުން 94،169 ރުފިޔާ ހޯދާފައިވާއިރު، ވިލިމާލެ ޕޮލިހުން ވަނީ 2،000 ރުފިޔާ ހޯދާފައެވެ.

ނަމަވެސް، މި އަދަދަށް ފައިސާ ހޯދާފައި މިވަނީ ކިތައް މައްސަލަ ރިޕޯޓުކޮށްގެން، ނުވަތަ ކިހާއަދަދެއްގެ ފައިސާއެއް ގެއްލިގެން ރިޕޯޓުކޮށްފައި ވަނިކޮށްކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މުޖުތަމަޢުގެ އާމާންކަމާއި މަގުމަތީގެ އަމާންކަން ކަށަވަރުކުރުމުގެ ގޮތުން ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450