ޚަބަރު
ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތަކުގެ ތެރެއިން 23 ގޯއްޗެއް ހަވާލުކޮށްފި!
ގޯތި ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: އިމާރާތްކުރުމާ ބެހޭ ވުޒާރާ
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތަކުގެ ތެރެއިން 23 ގޯއްޗެއް ހަވާލުކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ޢިމާރާތްކުރުމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ، 29 އޮގަސްޓު 2024 ވީ ބުރާސްފަތި ދުވަހު އޭގެތެރެއިން 13 ގޯތި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އިއްޔެ އިތުރު 10 ގޯތި ވެރިފަރާތްތަކާއި ހަވާލު ކުރެވިފައިވާ ކަމަށެވެ.
އެއާއިއެކު، މި ސްކީމްގެ ދަށުން ޖުމްލަ 648 ގޯތި ވެރިފަރާތްތަކާ ހަވާލުކުރެވިފައިވާ ކަމަށް އެވުޒާރާއިން ވަނީ ބުނެފައެވެ.
ބިންވެރިޔާ ސްކީމްގެދަށުން ލިބިފައިވާ ގޯތިތައް އެ ގޯތީގެ ވެރިފަރާތާއި ހަވާލުކުރުން.
— Ministry of Housing, Land and Urban Development (@MHLUDmv) September 1, 2024
29 އޮގަސްޓު 2024 ވީ ބުރާސްފަތި ދުވަހު ވަނީ 13 ގޯތި ހަވާލުކުރެވިފައި އަދި މިއަދު ވަނީ އިތުރު 10 ގޯތި އެ ގޯތިތަކުގެ ވެރިފަރާތާއި ހަވާލުކުރެވިފައި. pic.twitter.com/aB9y2yaNPj
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ޖުމްލަ 1،408 ގޯތި ވަނީ ދޫކޮށްފައެވެ. އޭގެ ތެރެއިން 761 ގޯތި ވެރިފަރާތްތަކާއި ހަވާލުކޮށްފައެއް ނުވެއެވެ.
އެޗްޑީސީ އިން ބިން ސާފުކޮށް ޢިމާރާތްކުރުމާ އިމާރާތްކުރުމާ ބެހޭ ވުޒާރާއާ ހަވާލުކުރާ ހިސާބުން ވެރިފަރާތްތަކާ ބިން ހަވާލުކުރުމުގެ މަސައްކަތް ކުރާނެކަމަށް އެވުޒާރާއިން ބުނެއެވެ. އަދި ގުޅީފަޅާއި ގިރާވަރުފަޅުން ލިބިފައިވާ ގޯތިތައް ހަވާލު ކުރުމަށް ލޭންޑްޔޫސް ޕްލޭން ރިވިއުކޮށް، ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އެވުޒާރާއިން ބުނެއެވެ.