ޚަބަރު
ރާއްޖެ އެތެރެކުރަން އުޅުނު 7 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި
ކަސްޓަމްސްއިން ހިފަހައްޓާފައި ވަނީ ކެނަބިސް---
ފަރުދުން
07 މޭ 2026، 05:45
07 މޭ 2026، 05:45
ވައިގެ މަހުން ރާއްޖެ އެތެރެކުރަން އުޅުނު 7 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާރވިސަސްއިން އަތުލައިގެންފިއެވެ.
މި މަހުގެ 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަސްޓަމްސްއިން އަތުލައިގެންފައި ވަނީ ކެނަބިސް ފަތެވެ. އަދި މި ތަކެތީގެ ބަރުދަނުގައި 7940 ގްރާމް ހުރިކަމަށް ކަސްޓަމްސްއިން ވަނީ ފާހަގަކޮށްފައެވެ.
05 މެއި 2026 ވަނަ ދުވަހު ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 7 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.
— Maldives Customs Service (@CustomsMv) May 7, 2026
🔹ބާވަތް: ކެނަބިސް ފަތް
🔹ބަރުދަން: 7 ކިލޯއަށްވުރެ ގިނަ (7940 ގްރާމް)
🔹މަަގުމަތީއަގު: 6 މިލިއަން ދިވެހި ރުފިޔާ pic.twitter.com/CpofWsrXgd
މި ތަކެތީގެ މަގުމަތީއަގު 6 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވެއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކަސްޓަމްސްއިން އަންނަނީ، ކަމާއި ގުޅުންހުރި އިދާރާތަކާ ގުޅިގެން މަސައްކަތްތައް ކުރަމުންކަން ފާހަގަ ކޮށްލެވެއެވެ.