Ads by Farudhun

ޚަބަރު

އަޅުގަނޑުމެންނަކީ ވޯޓުން ބަލިވީމާ ކޯޓުން ނަތީޖާ ނެރޭނެ ބައެއް ނޫން: ޢަބްދުއްރަޙީމް

އަޅުގަނޑުމެންނަކީ ވޯޓުން ބަލިވީމާ ކޯޓުން ނަތީޖާ ނެރޭނެ ބައެއް ނޫން: ޢަބްދުއްރަޙީމް

އއ. ހިމަންދޫއިން ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވި ކެނޑިޑޭޓުން ހޯއްދެވި ކާމިޔާބީ ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ޢަބްދުއްރަޙީމް ވާހަކަފުޅު ދައްކަވަނީ---

farudhun logo

ފަރުދުން

07 މޭ 2026، 11:07

07 މޭ 2026، 11:07

ކޮންގްރެސް ޕާޓީއަކީ ވޯޓުން ބަލިވުމުން ކޯޓުން ނަތީޖާ ނެރޭނެ ބައެއް ނޫންކަން އެ ޕާޓީގެ ޗެއާރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޙާބުގައި އއ. ހިމަންދޫއިން ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވި ކެނޑިޑޭޓުން ހޯއްދެވި ކާމިޔާބީ ފާހަގަ ކުރުމަށް، ކޮންގްރެސް ޕާޓީގެ ހެޑް ކުއާޓާސްގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ، މަލްޓިޕާޓީ ޑިމޮކްރެޓިކް ނިޒާމެއްގައި ގިނަ ވެރިކަންތަކެއް ފެނިއްޖެ ކަމަށާއި، ވެރިއަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަރުގެ ބޭފުޅަކު އަދި ނާންނަކަމަށެވެ.

އެގޮތުން ކޮންގްރެސް ޕާޓީއަކީ ރައްޔިތުންގެ ނިންމުން ބަލައިގަންނަން އެނގޭ ޕާޓީއެއް ކަމަށާއި، އަދި ރައްޔިތުންގެ ނިންމުމަށް ބަލައިގެން ކުރިޔަށް އޮތްތަން ރާވަން އެނގޭ ޕާޓީއެއް ކަމުގައި ވިދާޅުވިއެވެ. މިކަމަށް ބާރު ދެއްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، އިންތިޙާބު ބޭއްވި ދުވަހުގެރޭ، ރައްޔިތުންގެ ނިންމުން ބަލައިގެންފި ކަމަށާއި، ރައްޔިތުންގެ ބަސް އަޑުއަހައިފިކަމަށް ވިދާޅުވަމުން، އެކަމަށް ރިޢާޔަތްކޮށް ގެންނަންޖެހޭ ބަދަލުތަކާއެކީގައި ކުރިޔަށްދާން ތައްޔާރަށް ހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮންގްރެސް ޕާޓީގެ އުސޫލުތަކުގެ ޤާބިލްކަން ހާމަކުރައްވަމުން ކަމުގައެވެ. 

އަޅުގަނޑުމެން މިތިބީ އަޅުގަނޑުމެންގެ ފިކުރުގައި ކުރިން ކުރި ވެރިކަން ވެސް ތަޖުރިބާކޮށްގެންނޭ. އަދި އެމްޑީޕީގެ ވެރިކަމުގައި މީގެކުރިން ކުރި ދެ ވެރިކަން ވެސް ތަޖުރިބާކޮށްގެންނޭ. އަދި މިހާރު މިގެންދަނީ ޕީއެންސީގެ ފިކުރުގައި ރައީސް ޑޮކްޓަރ މުޢިއްޒުގެ ވެރިކަން ވެސް ތަޖުރިބާކުރަމުންނޭ. އަޅާކިޔައިލީމަ އަޅުގަނޑުމެނަށް ތަފާތު ފެންނާނީ. އަޅުގަނޑުމެންނަކީ ވޯޓުން ބަލިވީމަ ކޯޓުން ނަތީޖާ ނެރޭނެ ބައެއް ނޫން.

ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވިއެވެ.

އެހެންކަމުން، ރައީސް މުއިއްޒު ރާއްޖޭގައި ވެރިކަން ކުރެއްވި އެހެން ވެރީންނާ ތަފާތު ކަމަށާއި، އެ މަނިކުފާނަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ވެރިކަން ކުރައްވަން ދަންނަ، އެ ޤާބިލްކަން ހުރި ވެރިއެއްކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. 

މި ޖަލްސާގައި ޢަބްދުއްރަޙީމް ވަނީ ރައީސް މުޢިއްޒުއަށް ދެވަނަ ދައުރެއް ހޯއްދެވުމަށް މަސައްކަތް ފެށުމަށް ވެސް ގޮވާލާފައެވެ. އަދި އިދިކޮޅުން ވެރިކަމަށް އައިސްފިނަމަ ރާއްޖެ ހަލަބޮލި ވާނެ ކަމަށާއި، މި ވެރިކަމާ ގުޅިގެން އެ ބޭފުޅުން ދައްކަވާ ހުރިހާ ވާހަކަތަކެއް ދޮގަށް ބަދަލުވަމުންދާކަމަށް ވިދާޅުވިއެވެ. އެގޮތުން، ޤައުމު ނުހިންގޭނެ ކަމަށާއި، ދަރަނި ބޮޑު ކަމުން އިޤުތިޞާދު ޑިފޯލްޓު ވާނެކަމަށް ވިދާޅުވި ކަމަށާއި، ނަމަވެސް ދަރަނި ދައްކައި ރައްޔިތުންނަށް ބޭނުންވާ އަސާސީކަންކަން ހުއްޓުމެތި ފުއްދޭނެ އިންތިޒާމުތައް ހަމަޖެއްސުމުގައި ސަރުކާރުން ސާބިތުވެ އޮތްކަން ވަނީ ފާހަގަކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450