Ads by Farudhun

ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ޒުވާނަކު ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ޒުވާނަކު ހައްޔަރުކޮށްފި

ޝަހީދު ޙުސެއިން އާދަމް ބިލްޑިންގ---

farudhun logo

ފަރުދުން

08 މޭ 2026، 10:34

08 މޭ 2026، 10:34

ނޯތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ޒުވާން ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މިއީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެ އިދާރާއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި މީހެކެވެ. އެ މީހާ ހައްޔަރުކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ. 

އަދި މި މައްސަލައިގައި ހައްޔަރުކުރި މީހާގެ އުމުރަކީ 32 އަހަރުކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން އިތުރަށް ބުނީ، މި މައްސަލައިގައި ޝާމިލްވާންޖެހޭ އެހެން އިދާރާތަކާ ގުޅިގެން ތަޙުޤީޤު ކުރަމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. 

މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މިފަދަ މައްސަލަތަކުގައި ކުދިންގެ ކަރާމާތް ރައްކާތެރިކުރުމަށްޓަކައި ކުއްޖާގެ ވަނަވަރާއި ރަށާއި އަތޮޅު އަދި މައްސަލަ ހުށަހަޅާ ރަށާއި އަތޮޅު ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450