ޚަބަރު
ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ ހުދު ސަމާލު ނެރެފި
ވިއްސާރަ ދުވަހަކު މާލެތެރެއިން/ފޮޓޯ: ޖީލު
ފަރުދުން
08 މޭ 2026، 03:19
08 މޭ 2026، 03:19
ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވުމާ ގުޅިގެން، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
އެގޮތުން ގއ. އަތޮޅުން ފެށިގެން އައްޑު އަތޮޅަށް ވަނީ، މިއަދުގެ މެންދުރުފަހު 1:00އިން ފެށިގެން މިރޭގެ 7:00އާ ހަމައަށް ހުދުސަމާލު ނެރެފައެވެ.
މި ސަރަޙައްދުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
Alert White for strong wind and rough seas. pic.twitter.com/mbWvoRwVvZ
— Maldives Meteorology (@MetMaldives) May 8, 2026
މޫސުމާ ބެހޭ އިދާރާއިން ބުނެފައި ވަނީ މިއަދާއި މާދަމާ ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި، ހުކުރު ދުވަހަށްވުރެ ހޮނިހިރު ދުވަހު މޫސުން ގޯސްވާނެ ކަމަށެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުންނާއި އެހެނިހެން ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.