ޚަބަރު
ކާރެއް ކޮންޓްރޯލުން ނެއްޓި އެކްސިޑެންޓުވެއްޖެ
މާލޭގައި ކާރޫބާރޫ ބޮޑު މަގެއް / ފޮޓޯ: ސަން
ފަރުދުން
08 މޭ 2026، 04:15
08 މޭ 2026، 04:15
ކާރެއް ކޮންޓްރޯލުން ނެއްޓިގެން ގޮސް ސައިކަލުތަކެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓި ހިނގާފައި ވަނީ މާލޭގެ ލޮނުޒިޔާރަތް މަގުގައިކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން ބުނީ، ލޮނުޒިޔާރަތް މަގުން ދަތުރުކުރަމުން ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓިގެން ގޮސް އެ މަގުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކުގައި ޖެހިގެން ހިނގި އެކްސިޑެންޓުގެ ރިޕޯޓު، ބުރާސްފަތި ދުވަހުގެރޭގެ 00:50 ހާއިރު އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ޖުމްލަ 19 ސައިކަލު ވެއްޓި، 17 ސައިކަލަކަށް ގެއްލުން ވެފައި ވެއެވެ. އަދި 10 ސައިކަލަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.