ސައިންސް / ދުނިޔެ

އީލޮން މަސްކަކީ "އޭލިއަން" އެއް ކަމަށް މީހުން ގަބޫލުކުރަނީ ކީއްވެ؟

އީލޮން މަސްކަކީ "އޭލިއަން" އެއް ކަމަށް މީހުން ގަބޫލުކުރަނީ ކީއްވެ؟

އީލޯން މަސްކް ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 މޭ 2026، 12:17

10 މޭ 2026، 12:17

އީލޮން މަސްކަކީ މި ޒަމާނުގައި ދުނިޔެ ދުށް އެންމެ އާދަޔާ ހިލާފު އެއް މަހުޖަނެވެ. އޭނާގެ އީޖާދުތަކާއި، މުސްތަގުބަލާ މެދު އޭނާ ގެންގުޅޭ ތަފާތު ތަސައްވުރުގެ ސަބަބުން، ގިނަ ބައެއްގެ މެދުގައި އޭނާއާ މެދު ތަފާތު ސުވާލުތައް އުފެދެއެވެ. މިގޮތުން، އިންޓަނެޓުގައި މިހާރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ މަސްކަކީ މި ގުރަހައަށް ނިސްބަތްވާ އިންސާނެއް ނޫން ކަމަށާއި، އޭނާއަކީ "އޭލިއަން" އެއް ކަމަށް ބުނާ ހައިރާންކުރުވަނިވި ވާހަކައެވެ.

މި ބަހުސް އަނެއްކާވެސް ހޫނުވެގެން ދިޔައީ، މަޝްހޫރު ކްރިޕްޓޯ ކުންފުނި "ބައިނޭންސް" ގެ ބާނީ ޗަންގްޕެންގް ޒާއޯ (ސީ.ޒީ) ދާދި ފަހުން ދެއްވި އިންޓަވިއުއެއްގައި ކުރެއްވި ސަމާސާ ކޮމެންޓަކާ ގުޅިގެންނެވެ. "ކްރިޕްޓޯ ބެންޓާ" ގެ ހޯސްޓް ރޭން ނިއުނާއާ ވާހަކަ ދައްކަވަމުން ސީ.ޒީ ވިދާޅުވީ، އޭނާ ގަބޫލުކުރާ ގޮތުގައި މަސްކަކީ އޭލިއަން އެކެވެ. އަދި އޭނާ މާސް  އަށް ދާން އެހާ ބޮޑަށް ބޭނުންވަނީ އޭނާގެ އަމިއްލަ ގުރަހައަށް އެނބުރި ދިއުމަށްޓަކައި، މާސްއަކީ އެ ދަތުރުގެ މެދުތެރެއިން ބޭނުންކުރާ ހަރުފަތަކަށް ހެދުމަށް ކަމަށް ސީ.ޒީ ޖޯކުލަވާފައި ވިދާޅުވިއެވެ.

މި ވާހަކަތައް ފެންމަތިވީ އެމެރިކާގެ ޕެންޓަގަނުން ޔޫ.އެފް.އޯ  އާ ގުޅޭ ބައެއް ސިއްރު ލިޔެކިޔުންތައް އާންމުކުރި ދަނޑިވަޅެއްގައެވެ. އެ ލިޔުންތަކުގައި މަސްކާ ގުޅޭ އެއްވެސް ވާހަކައެއް ނެތް ނަމަވެސް، ސޯޝަލް މީޑިއާގައި މީހުން ވަނީ އެ ދަނޑިވަޅާ ދިމާކޮށް މަސްކަކީ އޭލިއަންއެއް ކަމަށް ބުނާ ތިއަރީތައް އިތުރަށް ފަތުރާފައެވެ.

މީހުން މިފަދަ ގޮތަކަށް ވިސްނަނީ ކީއްވެގެން ހެއްޔެވެ؟

 އެކްސް ގައި މީހަކު ލިޔެފައިވާ ގޮތުގައި، މަސްކަކީ އާދަޔާ ހިލާފަށް ތޫނުފިލި، އަދި އެއްވެސް އިންސާނަކާ ނުބައްދަލު މިންވަރަށް މަސައްކަތްކުރާ މީހެކެވެ. އޭނާއަކީ ދުވަހަކުވެސް ނިދާ މީހެއް ނޫން ކަމަށާއި، އޭނާ އުފައްދާފައިވާ އިލެކްޓްރިކް ކާރުތަކާއި، ރޮކެޓްތަކާއި، ސިކުނޑިއަށް ލައްވާ ޗިޕް  އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ އީޖާދުތަކަކީ އޭލިއަނުންގެ ސިކުނޑިއަކުން ނޫނީ ނުނެރެވޭނެ ފަދަ ކަންކަން ކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ.

މި ހުރިހާ ވާހަކަތަކަކީ ސީދާ  ދައުވާތަކެއް ނޫން ނަމަވެސް، މިއީ މަސްކްގެ އާދަޔާ ހިލާފު ގާބިލިއްޔަތާއި އޭނާގެ މަސައްކަތްތަކަށް މީހުންގެ ހިތުގައި އޮތް ބޮޑު ހައިރާންކަން ހާމަކޮށްދޭ ކަމެކެވެ. މަސްކަކީ ކޮންމެ ފަދަ ނަސްލެއްގެ މީހަކަށް ވިޔަސް، އޭނާގެ އީޖާދުތަކުން މުޅި އިންސާނިއްޔަތުގެ މުސްތަގުބަލަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450