Ads by Exprox

ޚަބަރު

ގެއްލުނު ތަސްލީމް، މައްސަލަ ޖިނާއީ މައްސަލައެއް ގޮތުގަ ބަލަނީ!

ގެއްލުނު ތަސްލީމް، މައްސަލަ ޖިނާއީ މައްސަލައެއް ގޮތުގަ ބަލަނީ!

ގެއްލިގެން ހޯދަމުންދާ ތަސްލީމް. ފޮޓޯ: ސޯޝަލް މީޑީއާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ސެޕްޓެމްބަރު 2024، 11:30

02 ސެޕްޓެމްބަރު 2024، 11:30

ގެއްލިގެން ހޯދަމުންދާ 43 އަހަރުގެ ތަސްލީމް މުޙައްމަދު ގެއްލުނު މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހްޤީޤް ކުރަން ފަށައިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. 

ތަސްލީމް ގެއްލިފައިވަނީ މާލެ އަތޮޅު ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފިނޮޅަކަށް ހުކުރު ދުވަހު ދަތުރު ގޮސް އުޅެނިކޮށެވެ. ތަސްލީމު ގެއްލިފައިވަނީ އޯގަސްޓްމަހުގެ 30 ވަނަ ދުވަހުގައެވެ.

ތަސްލީމު ގެއްލިފައިވަނީ ރައްޓެހިނާއި އާއިލާ މީހުންނާއެކީ ދަތުރުގޮސް އުޅެނިކޮށެވެ.

ނަމަވެސް ތަސްލީމު ގެއްލިފައިވަނީ މޫދަށްކަން ކަށަވަރު ކުރެވިފައި ނުވާތީ އާއި މެރިޓައިމް ސާޗް އެންޑް ރެސްކިއުން އިން ކޭސް އެއް ގޮތުގައި ރަޖިސްޓްރީކޮށްފައެއް ނުވެއެވެ. އެހެންކަމުން ހޯދުމުގެ އޮޕަރޭޝަން މިހާރު ލީޑުކުރަމުން ދަނީ ފުލުހުންނެވެ.

ތަސްލީމު ހޯދަން ފިނޮޅު ވަށައިގެން 5000 އަކަ ފޫޓުގެ ސަރަހައްދެއް ސްނޯކަލް ކޮށްގެންނާއި 3000 އަކަ ފޫޓު ކަނޑުއަޑިން ޑައިވްކޮށްގެން ސިފައިން ވަނީ ބަލާފަ އެވެ.

އަދި މިހާރުވެސް ތަސްލީމު ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ. 

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco